އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީ އިން ހޯދައިފިއެވެ.
ޗެލްސީން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ޓޮޓެންހަމް ހޮޓްސްޕާރ އާބައްދަލުކުރި މެޗު 2-4 ން މޮޅުވެގެންނެވެ.
މި މެޗުގައި ނިމެންޔާ މަޓިޗްގެ މޮޅު ކުޅުން ވަނީ ފެނިގެން ގޮސްފައެވެ.
ފައިނަލުގައި ޗެލްސީ އާވާދަކުރާނެ ޓީމެއް އިނގޭނީ މިރޭ ދެ ވަނަ ސެމީ ފައިނަލުގައި އާސެނަލާއި މެންޗެސްޓަރ ސިޓީ ކުޅެގެން މޮޅުވާ ޓީމަކާއެވެ.
ރޭގެ މެޗުގެ ފަސް ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން ޗެލްސީއަށް ލީޑު ނަގައިދިން ނަމަވެސް ޓޮޓެންހަމުން ވަނީ ކުޅުން ރަނގަޅުކޮށް 18 ވަނަ މިނެޓުގައި އެ ޓީމަށް އެއްވަރުކޮށްދިނީ ހެރީ ކޭން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން ވިލިއަން ވަނީ އިތުރު ލަނޑެއް ޖަހާ، ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ.
އެހެންނަމަވެސް ދެވަނަ ހާފުގައި ޑެލެ އަލީ ވަނީ ލަނޑެއް ޖަހައި ދެ ވަނަ ފަހަރަށް ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ނަތީޖާގައި މެޗު ނިމެން ދަނިކޮށް ފަހު 15 މިނެޓުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑެން ހަޒާޑް އާއި މަޓިޗް ވަނީ ޗެލްސީ ޖަހައިދިން ލަނޑުން ޗެލްސީއަށް ވަނީ އުފާވެރިކަން ގެނުވާފައެވެ.
މިއީ ޓޮޓެންހަމް އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޖެހިޖެހިގެން ބަލިވި ހަތް ވަނަ ފަހަރެވެ. އަދި މިއީ ޗެލްސީން އެފްއޭ ކަޕް ފައިނަލުގައި ކުޅޭ 12 ވަނަ ފަހަރެވެ.