އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ފަހު ޖާގަ އާސެނަލް އިން ހޯދައިފި

ކިޔުމަށް ހޭދަވާނީ 44ސ
އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ފަހު ޖާގަ އާސެނަލް އިން ހޯދައިފި
އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ފަހު ޖާގަ އާސެނަލް އިން ހޯދައިފިއެވެ.

އާސެނަލް އިން ފައިނަލުގެ ފަހި ޖާގަ ހޯދީ މެންޗެސްޓަރ ސިޓީ އާ ބައްދަލުކުރި މެޗުގައި ފަހަތުން އަރާ 2-1 ލަނޑުން ކާމިޔާބުކޮށްގެނެނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 62 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. އެހެންނަމަވެސް އޭގެ ނުވަ މިނެޓް ފަހުން އާސެނަލްގެ ސްޕެއިންގެ ޑިފެންޑަރ ނަޗޯ މޮންރެއާލް ވަނީ ލަނޑެއްޖަހާ އެއްވަރުކޮށްފައެވެ.

އާސެނަލް މޮޅުވި ލަނޑު އެޓީމަށް ޖަހާ ދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 101 ވަނަ މިނެޓުގައި އަލެކްސިސް ސަންޗޭޒް އެވެ.
ފައިނަލުގައި އާސެނަލް ވާދަކުރަން ޖެހޭނީ ޗެލްސީ އާއެވެ.

ފައިނަލް މެޗް ކުޅޭނީ އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

މިއަދު އޮންލައިން