ޕީއެސްޖީގެ އެއްބަސްވުން ކަވާނީ އާކޮށްފި

ކިޔުމަށް ހޭދަވާނީ 50ސ
ޕީއެސްޖީގެ އެއްބަސްވުން ކަވާނީ އާކޮށްފި
ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންއަންނަ އުރުގުއޭ ފޯވާރޑް އެޑިންސަން ކަވާނީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ކަވާނީ ކޮންޓްރެކްޓް އާކުރީ، 2020 ވަނަ އަހަރާއި ހަމައަށް ޕީއެސްޖީގައި ހުރުމަށެވެ. އާ ކޮންޓްރެކްޓާއެކީ ކަވާނީ ވެގެން ގޮސްފައިވަނީ ފްރެންޗް ލީގުގައި ހުރި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިއާއަށެވެ.

ތަޖުރިބާކާރު ފޯވާރޑް އެޑިންސަން ކަވާނީ، ޕީއެސްޖީ އާއި ގުޅުނީ 2013 ވަނަ އަހަރު އިޓަލީގެ ނަޕޯލީންނެވެ. ކަވާނީއަކީ ޕީއެސްޖީގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިއްމު ކުޅުންތެރިއާއެވެ.

އެގޮތުން އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް 192 މެޗު ކުޅެދީ 125 ގޯލު ކާމިޔާބުކޮށްދީފައެވެ.

ޢުމުރުން 30 އަހަރުގެ ކަވާނީ ވަނީ މިހާތަނަށް ޕީއެސްޖީއާއެކު 11 ތަށްޓެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ތިން ފްރެންޗް ލީގު ތަށްޓާއި ހަތަރު ފްރެންޗް ލީގު ކަޕް ތައްޓާއި ދެ ފްރެންޗް ކަޕް ތަށި ހިމެނެއެވެ.
މިއަދު އޮންލައިން