ބާކީ ތިންމެޗު ނުކުޅެ އޮއްވާ ޖަރުމަނު ލީގު ބަޔާން އިން ކަށަވަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
ބާކީ ތިންމެޗު ނުކުޅެ އޮއްވާ ޖަރުމަނު ލީގު ބަޔާން އިން ކަށަވަރުކޮށްފި


ލީގުގައި ރޭ ކުޅުނު މެޗު 0-6 ނެ ނަތީޖާއިންވުލްފްސްބާގްގެ މައްޗަށް ކުރި ހޯދައި ލީގުގައި ބާކީ ތިން މެޗު އޮއްވާ ޖަރުމަން ލީގު ބަޔާއިން ކަށަވަރުކޮށްފިއެވެ.
ލީގު ޗެމްޕިއަންކަން ބަޔާންއަށް ކަށަވަރުވީ ރޭގެ މެޗުން މޮޅުވުމުގެ އިތުރުން އެޓީމާއި އެންމެ ގާތުން ލީގަށް ވާދަކުރަމުން އައި ރެޑްބުލް ލީޕްޒެގް އަދި ޑޯޓްމުންޑް ރޭ ކުޅުނު މެޗުން އެއްވަރުވުމާއި ގުޅިގެންނެވެ.

ރޭގެ މޮޅާއެކީ ބަޔާންއަށް މިހާރު ވަނީ 73 ޕޮއިންޓް ލިބިފައެވެ.ދެވަނައިގައި އޮތް ރެޑްބުލް ލީޕްޒެގްއަށް ލިބިފައިވަނީ 63 ޕޮއިންޓެވެ.ތިންވަނައިގައި 57 ޕޮއިންޓާއެކީ ބްރޫޝިއާ ޑޯޓްމަންޑް އޮތްއިރު، 55 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައި އޮތީ ހޮފެންހައިމްއެވެ.

ވުލްފްސްބާގްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބަޔާންއިން ކާމިޔާބުކުރި ހަ ގޯލުގެ ތެރެއިން، ދެ ގޯލު ރޮބަޓް ލެވެންޑޯސްކީ ކާމިޔާބުކޮށްދީފައިވާއިރު ދެން ބަޔާންގެ ގޯލުތައް ކާމިޔާބުކޮށްދީފައިވަނީ އާރެޔަން ރޮބެން އާއި ތޯމަސް މުލާ އާއި ޑޭވިޑް އަލަބާ އާއި ޖޯޝުއާ ކިމިޗްއެވެ.

ރޭގެ މެޗުގައި ލެވެންޑޯސްކީ ކާމިޔާބުކުރި ދެ ގޯލާއެކު ލީގުގައި އޭނާ ކާމިޔާބުކުރި، ގޯލުގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.
މިއީ ބަޔާންއިން އެޓީމުގެ ތާރީޚުގައި ޖަރުމަނު ލީގު ކާމިޔާބުކުރި 26 ވަނަ ފަހަރެވެ. ޖަރުމަނު ލީގުގެ އިތުރުން ބަޔާންއިން ވަނީ ޖަރުމަނު ސުޕަރ ކަޕްވެސް، މި ސީޒަނުގައި ކާމިޔާބުކޮށްފައެވެ.

ރޭ ކުޅުނު މެޗުން މޮޅުވެ ބަޔާންއަށް ލީގު ކަށަވަރުވެފައިވާއިރު މިއީ އެޓީމުން ޖަރުމަން ލީގު ޖެހިޖެހިގެން ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.


މިއަދު އޮންލައިން