ކްރިސްޓިއާނޯ ރޮނާލްޑޯ އިންޑިއާއަށް އަންނަނީ

ކިޔުމަށް ހޭދަވާނީ 55ސ
ކްރިސްޓިއާނޯ ރޮނާލްޑޯ އިންޑިއާއަށް އަންނަނީ
ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަވަށްޓެރި އިންޑިއާއަށް ވަރަށް އަވަހަށް ޒިޔާރަތް ކުރާނެ ކަމަށް އޭނާ ބުނެފިއެވެ.

ރޮނާލްޑޯ ބުނީ އިންޑިއާއަށް ޒިޔާރަތް ކުރުމަކީ އޭނާ އަބަދުވެސް ކުރާ އުއްމީދެއް ކަމަށާއި އެ އުއްމީދު ވަރަށް އަވަހަށް ފުރިހަމަވާނެ ކަމަށެވެ.

އިންސްޓަރގްރާމުގައި 100 މިލިއަން ފޮލޮވަރސް އެންމެ ފުރަތަމަ ހަމަކުރި ކުޅިވަރު ކުޅުންތެރިޔާގެ ޝަރަފް ހޯދާފައިވާ ރޮނާލްޑޯ ބުނީ އެ ޝަރަފް ލިބުނީތީ ވަރަށް އުފާވާ ކަމަށާއި އެކަމަށްޓަކައި އޭނާގެ ސަޕޯޓަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި އޭނާ ޢާންމުކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ދާން ބޭނުންވާ ބައެއް ޤައުމުތައްވެސް ވަނީ ބުނެފައެވެ.

ބެލަން ޑި އޮރ އެވޯޑް 4 ފަހަރު ހާޞިލުކޮށްފައިވާ ރޮނާލްޑޯއަކީ އިންޑިއާއަށް ޒިޔާރަތްކުރާ ޕޯޗުގަލް ނުވަތަ ރެއާލް މެޑްރިޑްގެ ފުރަތަމަ ތަރިއެއް ނޫނެވެ. މީގެ ކުރިން ވަނީ ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ އާއި ރެއާލް މެޑްރިޑާއި ފްރާންސްގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާންވެސް ވަނީ އިންޑިއާއަށް ޒިޔާރަތްކޮށްފައެވެ.

މިއަދު އޮންލައިން