ނޭންސީ ބަލިކޮށް ލީގު ހޯދުމާއި ގާތަށް މޮނާކޯ ޖެހިލައިފި

ކިޔުމަށް ހޭދަވާނީ 1މ 24ސ
ނޭންސީ ބަލިކޮށް ލީގު ހޯދުމާއި ގާތަށް މޮނާކޯ ޖެހިލައިފި


ފްރާންސް ލީގުގައި ރޭ ކުޅުނު މެޗުން ނޭންސީގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރި ހޯދައި، ފްރެންޗް ލީގު ހޯދުމާއި ގާތަށް މޮނާކޯ އިން ޖެހިލައިފިއެވެ.

ރޭގެ މޮޅާއެކީ ލީގު ހޯދުމާއި ގާތަށް މޮނާކޯއިން ޖެހިލާފައިވާއިރު އެޓީމަށް ލީގު ކަށަވަރުކުރުމަށް ދެން ބޭނުންވަނީ އެންމެ މޮޅެކެވެ.

ލީގުގައި މޮނާކޯއަށް އަދި ބާކީ ތިން މެޗު އެބައޮތެވެ. ޕީއެސްޖީ އާއި މޮނާކޯ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް މި ދެ ޓީމުގެ ދެމެދުގައި ގޯލުގެ ބޮޑު ތަފާތެއް ހުރުމުން، ކުރި ލިބޭނީ މޮނާކޯއަށެވެ

ނޭންސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު މޮނާކޯ އިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ގޯލަކީ ނޭންސީގެ ކުޅުންތެރިއެއްގެ، އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މޮނާކޯގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމުމުގެ ކުރިން، މެޗުގެ 40 ވނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

ދެ ލަނޑުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފް މޮނާކޯއިން ނިންމާލިއިރު އެޓީމުގެ ފަހު ގޯލު މެޗު ގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ތޯމަސް ލެމާއެވެ.

ރޭގެ މޮޅާއެކީ ލީގުގެ، އެއްވަނައިގައި މޮނާކޯ އޮތީ 86 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި މޮނާކޯއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، 83 ޕޮއިންޓާއެކީ ޕީއެސްޖީ އޮތްއިރު، ލީގުގެ ތިންވަނައިގައި 77 ޕޮއިންޓާއެކީ އޮތީ ނީސްއެވެ.

ލީގު ހޯދުމާއި ގާތަށް މޮނާކޯއިން ޖެހިލާފައިވާއިރު، މިފަހަރު ލީގު އެޓީމުން ކާމިޔާބުކޮށްފިނަމަ، އެއީ 17 އަހަރުގެ ތެރޭގައި، މޮނާކޯއިން ފްރެންޗް ލީގު ކާމިޔާބުކުރާ، ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

އެޓީމު ވަނީ ޗެމްޕިއަންސް ލީގު ސެމީފައިނަލަށްވެސް ދަތުރުކޮށްފައެވެ.ލީގުގައި މޮނާކޯއިން ދެން ބައްދަލުކުރާނީ ލިލްއާއެވެ.
މިއަދު އޮންލައިން