މޮނާކޯ ބަލިކުރުމަށްފަހު ޔުވެންޓަސް ފައިނަލަށް...
ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ ފްރާންސްގެ މޮނާކޯގެ މައްޗަށް 1-2 ގެނަތީޖާއަކުން ކުރިހޯދާ ޗެމްޕިއަންސްލީގުގެފައިނަލަށްއިޓަލީގެޗެމްޕިއަން ޔުވެންޓަސް ދަތުރުކޮށްފިއެވެ.
މި ދެ ޓީމު ބައްދަލުކުރި، ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗުންވެސް 0-2ގެ ނަތީޖާއަކުން މޮޅުވެ ޔުވެންޓަސް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، 1-4ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ، ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޔުވެންޓަސް އިންދިޔައީ، ކައިރިކައިރީ މޮނާކޯގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ގޮތުންމެޗުގެ 33 ވަނަ މިނެޓްގައި ޔުވެންޓަސްއިން ވަނީ ލަނޑެއްޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާރިއޯމަންޒުކިޗް އެވެ.
ޔުވެންޓަސްއިން މެޗުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ފުރަތަމަ ހާފްނިމެންދަނިކޮށް ޑެނިއަލް އަލްވޭސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަލްވޭސްމި ގޯލު ކާމިޔާބުކުރީ، މޮނާކޯގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ، ފޮނުވާލިބާރު ހަމަލާއަކުންނެވެ.
ދެ ލަނޑުގެ ލީޑަކާއެކީ ފުރަތަމަ ހާފް ޔުވެންޓަސްއިން ނިންމާލިއިރު، ދެވަނަހާފްގައި އެޓީމަށް ވަނީ، ލީޑު ފުޅާކޮށްލަން ވެސް، ރަނގަޅު ފުރުސަތުތަކެއްލިބި ބޭކާރުވެގެން ގޮސްފައެވެ.
މި މެޗުގައި މޮނާކޯ އިން ކާމިޔާބުކުރި، ހަމައެކަނި ލަނޑު މެޗުގެ 69 ވަނަމިނެޓްގައި ކާމިޔާބުކޮށްދިނީ، އެޓީމުގެ ޒުވާން ފޯވާޑް އެމްބާޕޭއެވެ.
މުބާރާތުގެ ފައިނަލްގައި ޔުވެންޓަސް ބައްދަލުކުރާނީ، ރެއާލް މެޑްރިޑް އާއިއެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ، ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗުން،މިރޭ މޮޅުވާ ޓީމަކާއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު،0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ރެއާލްއިންނެވެ.
މިދެޓީމު ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަނޑިން 23:45 ގައެވެ