ކޯޗުކަމުގައި ދެމިހުރެވޭނީ ކާމިޔާބީތަކެއް ހޯދައިގެން: ޒިދާން

ކިޔުމަށް ހޭދަވާނީ 1މ 25ސ
ކޯޗުކަމުގައި ދެމިހުރެވޭނީ ކާމިޔާބީތަކެއް ހޯދައިގެން: ޒިދާން
ރެއާލް މެޑްރިޑުގެ ކޯޗުކަމުގައި ދެމިހުރެވޭނީ ޓީމާއެކު ހޯދާ ކާމިޔާބީތަކަށް ބިނާކޮށްކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މީޑިއާއާއި ވާހަކަދައްކަމުން ޒިދާން ބުނީ މަގާމުގައި ދެމި ހުންނަން އޭނާ ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރަން ޖެހޭ ކަމަށާއި އެގޮތަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
ޒިދާން މިހެން ބުނެފައިވާއިރު މީޑިއާ ރިޕޯޓިތަށް ބުނާގޮތުން ރެއާލުން ވަނީ ޒިދާނަށް އިތުރު އެއްބަސްވުމެއް ދޭން ނިންމައިފަ އެވެ.

ކުޅުންތެރިއެއްގެ ގޮތުގައިވެސް ރެއާލްއަށް ކުޅެފައިވާ ޒިދާން ބުނީ ކޯޗެއްގެ ގޮތުގައި މަސައްކަތް މިކުރަނީ ކާމިޔާބީތަކެއް ހާސިލްކޮށްގެން ދެމިހުންނަން ކަމަށެވެ. އެގޮތުން ބޭނުންވަނީ މޮޅުކަމުގައިވެސް ޒިދާންވަނީ ބުނެފައެވެ.

މި ފަހަރުގެ ސީޒަނުގައި ސްޕެނިޝް ލީގުގެ ކުރީގައި ރެއާލް އޮތްއިރު އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޖާގަ ހޯދައިފަ އެވެ. ރަފައެލް ބެނިޓޭޒް މަގާމުން ދުުރު ކުރުމަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޒިދާން އެ ޓީމާ ހަވާލުވި ފަހުން އެ ޓީމު ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

ލީގުގައި ބާކީ އޮތް ތިން މެޗުން ޗެމްޕިއަކަން ކަށަވަރުކުރަން ރެއާލަށް ބޭނުންވަނީ ހަތް ޕޮއިންޓެވެ. ބާސެލޯނާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 36 މެޗުން 84 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 35 މެޗުން 84 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ މި ވަގުތު ކުރީގައި އޮތީ ހެޑް ޓު ހެޑް ގަވައިދަށް ބަލައިގެންނެވެ.

ޒިދާން ބުނީ އޭނާގެ ނަޒަރުގައި ކުރިޔަށް އޮތް ކޮންމެ މެޗަކީ ވެސް ފައިނަލް މެޗުތަކެއް ކަަމަށެވެ.

"ޗެމްޕިއަންސް ލީގުގެ ފައިނަލްވެސް ކުރިޔައް އެބައޮތް. އަދި ހަމަ އެހާ މުހިންމު ހުރިހާ މެޗެއްވެސް. އުއްމީދަކީ ހުރިހާ މެޗުން ވެސް މޮޅުވުން،" ޒިދާން ބުންޏެވެ
މިއަދު އޮންލައިން