މައިލޯ 5K ދުވުމުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 2މ 19ސ
މައިލޯ 5K ދުވުމުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މައިލޯ 5K ދުވުމުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި ދުވުން ނުވަތަ ރޭސް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައެވެ.

ޓީމް އުސޫލުން ވާދަކުރެވޭ އެ ދުވުމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި އަކީ މި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00އަށް ހުޅުވާލާފައިވާ އިރު، ހުޅުމާލޭގައި ބާއްވާ މި ރޭސް ފަށާނީ 20 ވަނަ ދުވަހުގެ 16:30ގައެވެ.

ރޭހުގައިހިލޭ ރަޖިސްޓްރީ ކުރެވޭ އިރު ރެޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެފޭސް ބުކް ޕޭޖާއި ސްޕޯޓްސް ކޯޕަރޭޝަނުން ލިބެން ހުންނާނެއެވެ.

ރޭހުގައިބައިވެރިވުމަށް ޓީމްތައް ހަދާ އިރު ސީނިއާ ޓީމްގައި ކޮންމެ ޓީމެއްގައިމަދުވެގެން 2 އަންހެން ބައިވެރިން ހިމަނަން ޖެހޭ އިރު، ފަސް ކިލޯ މީޓަރުރޭސް 45 މިނިޓް ތެރޭގައި ނިންނަމަން ޖެހެއެވެ. އަދި ރޭސް ނިންމި ގަޑިކަމަށްބަލާނީ ފަސް ބައިވެރިންގެ ތެރެއިން 4 ވަނަ ދުވުންތެރިއާ ރޭސް ނިންމާ ގަޑިއެވެ.

"މައިލޯ 5K ޓީމް ރަން" ބޭއްވުމުގެ މަޤްޞަދަކީ ޢާންމުންގެ މެދުގައި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރިއުޅުމުގެ އާދަކާދަތަކާއި ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރި ކުރުމާއި އެކުވެރި މާހައުލެއް ޤާއިމްކުރުމެވެ.

މިއީ ރާއްޖޭގައި ބާއްވާ އެހެން ރޭސްތަކާއި ޚިލާފަށް، ޓީމެއްގެ ގޮތުގައި ފަސް ކިލޯމީޓަރުގެ ރޭހެއްގައި ބައިވެރިވެ، ޓީމް ވޯކްގެ ތެރެއިން ކާމިޔާބު ހޯދުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ބާއްވާ މި ދުވުމުގައި ސީނިއަރ ކެޓަގަރީން އެއްވަނައަށްދާ ޓީމަކަށް =/15،000 ރުފިޔާ ދެވަނައަށްދާ ޓީމަކަށް =/10،000 ރުފިޔާ އަދި ތިންވަނައަށްދާ ޓީމަކަށް =/5،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ދުވުން ފުރިހަމަކުރާ ހުރިހާ ޓީމުތަކެއްގެ މެދުގައި ނަގާ ގުރުއަތުން ދިމާވާ 3 ޓީމަކަށް =/3،000 ރުފިޔާގެ ދިނުމަށްވަނީ ނިންމާފައެވެ.

ޖޫނިއަރ ކެޓަގަރީން އެއްވަނައަށް =/5،000 ރުފިޔާ، ދެވަނައަށް =/3،000 ރުފިޔާ އަދި ތިންވަނައަށް =/2،000 ރުފިޔާގެ އިނާމު ދޭން ނިންމާފައިވާ އިރު، މި ކެޓަގަރީން ދުވުން ނިންމާ ހުރިހާ ޓީމެއްގެ މެދުގައި ނަގާ ގުރުއަތުން ދިމާވާ 1 ފަރާތަށް ހުޅުމާލޭ ސެންޓްރަލް ޕާރކް ސަރަޙައްދުގައި ހިލޭ އެއަރބެލޫން ދުއްވާލުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

މި ރޭސް ނުވަތަ ދުވުމުގައި ބައިވެރިވާ ޓީމުތަކަށް އަމާޒުކޮށްގެން ތަމްރީންޕްރޮގްރާމްތައްވެސް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި އިވެންޓުގެމެއިން ސްޕޮންސަރއަކަށް މައިލޯ ހަމަޖައްސާފައިވާ އިރު، ހޯސްޓިންގ ޕާޓްނަރއަކީ އެޗްޑީސީ އެވެ.

މިޚަބަރާއި ގުޅޭ އިތުރު ލިޔުން:
މައިލޯ ފައިވްކޭ ގެ ނަމުގައި ދުވުމެއް ބާއްވަނީ
މައިލޯ ފައިވްކޭ ދުވުމުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް
މައިލޯ 5K ދުވުން ބާއްވާ ތާރީޚަށް ބަދަލުގެނެސްފި
މިއަދު އޮންލައިން