ފަސޭހަ މޮޅަކާ އެކު ސިޓީ ޗެމްޕިއަންސް ލީގުގެ އުންމީދު އާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 24ސ
ފަސޭހަ މޮޅަކާ އެކު ސިޓީ ޗެމްޕިއަންސް ލީގުގެ އުންމީދު އާކޮށްފި


ވެސްޓްބްރޮމް ބަލިކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުގެ އުންމީދު މެންޗެސްޓަރ ސިޓީން އާކޮށްފިއެވެ.
ރޭގެ މެޗުން ސިޓީ މޮޅުވީ 1-3 ގެ ނަތީޖާއިން ވެސްޓްބްރޮމްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ރޭގެ މޮޅާއެކީ ސިޓީ އޮތީ، 75 ޕޮއިންޓާއެކީލީގުގެތިންވަނައިގައެވެ.ލީގުގައި ސިޓީއަށް ދެންބާކީއޮތީ،އެންމެމެޗެއްކަމަށްވާއިރު،އެމެޗުންޕޮއިންޓެއް ހޯދިއަސް، ލީގުގެ ގަދަ ހަތަރަކުން ސިޓީއަށް ޖާގައެއްކަށަވަރުވާނެއެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ލީގުގެ ތިންވަނަލިބި އޮޓެމެޓިކުން ސިޓީ، ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެއެވެ.

ރޭގެ މެޗު ގައި މޮޅުކުޅުމެއް ސިޓީގެ ފަރާތުން ފެނިގެންދިޔައިރު، އެޓީމުގެފުރަތަމަ ގޯލު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ގެބްރިއަލްޖީސެސްއެވެ. އަދި 30 ވަނަ މިނެޓުގައި ކެވިން ޑެ ބްރައިނާގެ ގޯލުން، ސިޓީންވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި، ކާމިޔާބުކޮށްދިނީ ޔާޔާޓޫރޭއެވެ. ވެސްޓްބްރޮމްގެ ހަމައެކަނި ގޯލު، މެޗުގެ 87 ވަނަ މިނެޓްގައިކާމިޔާބުކޮށްދިނީ، ރޮބްސަން ކާނޫ އެވެ.

ރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނީ، ލީގުގެ ތިންވަނައިގައިސީޒަން ނިންމާލެވުމަކީވެސް ކާމިޔާބެއް ކަމަށާއި އެކަން ކުރެވޭނެ ކަމުގެއުންމީދު ބޮޑުކަމަށެވެ. އަންނަ ސީޒަނުގައި މިއަށްވުރެ ރަނގަޅުކުރަން ސިޓީންމަސައްކަތްކުރާނެ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

"ލީގުގެ ތިންވަނާގައި ނިންމާލުމުގެ ފުރުސަތު ލިބުމަކީ، ލިބޭހިތްހަމަޖެހުމެއް. އަންނަ ސީޒަނުގައި މިއަށްވުރެ ވެސް، ރަނގަޅަށްމަސައްކަތް ކޮށް މިއަށްވުރެ ބޮޑު ކާމިޔާބީއެއް ހާސިލް ކުރެވޭތޯ މަސައްކަތްކުރާނަން " ގާޑިޔޯލާ ބުންޏެވެ
މިއަދު އޮންލައިން