ބުންޑަސްލީގުގެ މެޗުތަކުގައި އިންސާފުކުރާ އަންހެން ފުރަތަމަ ރެފްރީގެ ޝަރަފް ބަބިއާނާ ހޯދައިފި

ކިޔުމަށް ހޭދަވާނީ 50ސ
ބުންޑަސްލީގުގެ މެޗުތަކުގައި އިންސާފުކުރާ އަންހެން ފުރަތަމަ ރެފްރީގެ ޝަރަފް ބަބިއާނާ ހޯދައިފި
ބުންޑަސްލީގުގެ މެޗުތަކުގައި އިންސާފުކުރާ އަންހެން ފުރަތަމަ ރެފްރީގެ ޝަރަފް ބަބިއާނާ ސްޓެއިންހަވްސް ހޯދައިފިއެވެ.

ޢުމުރުން 38 އަހަރުގެ ބަބިއާނާ އަކީ ފުލުސް އޮފިސަރެއްގެ ބުރަ ވަޒީފާ އަދާކުރަމުން އަންނަ ކަނބަލެކެވެ. އަދި ޖަރުމަންގެ އެންމެ ނަން ހިނގާ 4 ރެފްރީންގެ ތެރޭގައިވެސް ފާހަގަ ކޮށްލެވޭ ބަބިއާނާ އަންނަނީ މެޗުތަކުގައި އިންސާފުވެސް ކުރަމުންނެވެ.

ބުންޑަސްލީގުގައި ވާދަކުރާ ގިނަ ޓީމުތަކުން ބުނަމުން އަންނަނީ ބަބިއާނާގެ ހުރިހާ ނިންމުމެއް ކަހަލަގޮތަކަށް ރަނގަޅު ކަމަށާއި ނަމަވެސް އިންސާނުންނަށްވީތީ އާއި ފުޓްބޯޅައިގާ ރެފްރީން ނަގަންޖެހޭ ޑިޒިޝަންއަކީ ފަޅޫ ސިކުންތެއްގެ ތެރޭގައި ނަގަންޖެހޭ އެއްޗަކަށްވާތީ ބައެއް ނިންމުންތައް އަތުން ކައްސާލާ ކަމަށެވެ.

ޢާންމުގޮތެއްގައި ފުޓްބޯޅަ ރެފްރީކަމުގައި އަންހެން ރެފްރީންނަކީ މަދު ބައެއްނަމަވެސް ބަބިއާނާގެ ސަބަބުން ފުޓްބޯޅަ ރެފްރީކަމަށް ނުކުންނަ އަންހެން ކަނބަލުން އިތުރުވާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން