އަލްވޭސް ބަލިކޮށް ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ބާސެލޯނާއިންހޯދައިފި.

ކިޔުމަށް ހޭދަވާނީ 1މ 28ސ
އަލްވޭސް ބަލިކޮށް ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ބާސެލޯނާއިންހޯދައިފި.


3-1 ގެ ނަތީޖާއިން އަލްވޭސްގެ މައްޗަށް ކުރިހޯދާ ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.

ރޭ މެޑްރިޑުގެ ސްޓޭދިއޯ ކަލްޑެރޮންގައި ކުޅުނު މި މެޗުގައި ބާސެލޯނާގެފަރާތުން ރަނގަޅުކުޅުމެއް ފެނިގެންސިޔައިރު އެޓީމުން ވަނީ މެޗުގެ 30 ވަނަމިނެޓުގައި ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ގޯލް ބާސެލޯނާއަށްކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވާޑް ލިއޮނެލްމެސީއެވެ.

އެހެން ނަމަވެސް މެސީގެ ގޯލުން ބާސާ ލީޑުނެގިތާ 3 މިނެޓުފަހުން އަލްވޭސްގެހެނާންޑޭޒް ވަނީ ގޯލެއް ކާމިޔާބުކޮށް އަލްވޭސް އަށް ނަތީޖާހަމަހަމަކޮށްދީފައެވެ.

ހެނާންޑޭޒްގެ ގޯލުން އަލްވޭސް ނަތީޖާ އެއްވަރު ކުރިނަމަވެސް ފުރަތަމަ ފާހުނިމުމުގެ ކުރިން ނޭމާގެ ގޯލުން ބާސާވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ.

ބާސެލޯނާ ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ތިންވަނަގޯލްޖަހާ މެޗުގެ ލީޑު ފުޅާކޮށްފައިވަނީ ފަހުހާފުގެ ކުޅުން ފެށުނު ތަނާހެންމެޗުގެ 48 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތްޕަކޯ އަލްސެސަ ކާމިޔާބުކޮށްދިން ގޯލުންނެވެ.

މި ގޯލަށް ފަހުވެސް ލީޑު އިތުރަށް ފުޅާކޮށްލަން ބާސާއަށް ގިނަފުރުސަތުތަކެއް ލިބިގެން ގޮސްފައިވާއިރު އަލްވޭސްއަށް ވެސް ވަނީ މިހާފުގައި ގޯލްޖަހަން ކޮންމެވެސް ވަރަކަށް ހަނިފުރުސަތުތަކެއް ލިބިގެންގިސްފައެވެ.

އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު އެއްވެސް ޓީމަކަށް ވަނީ އިތުރު ގޯލެއް ކާމިޔަބުކުރެވޭގޮތް ނުވެފައެވެ.

ރޭގެ މޮޅާއެކު ބާސާ އަށް ސްޕެނިޝް ކަޕް ލިބުނުއިރު އެޓީމަކީ މިމުބާރާތުގެ އެންމެ ފަހުގެވެސް ޗެމްޕިއަނުންނެވެ.
އެންމެފަހުން ބާސާއިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ސެވިއްޔާ ބަލިކޮށެވެ.

މީ ޖެހިޖެހިގެން ބާސެލޯނާ މި މުބާރާތް ކާމިޔާބުކުރި 3 ވަނަ ފަހަރެވެ. އަދިމިއީ ބާސާއިން މި.މުބާރާތް ކާމިޔާބުކުރި 29 ވަނަ ފަހަރުކަންވެސްފާހަގަކޮށްލަންޖެހެއެވެ.

ބާސެލޯނާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
މިއަދު އޮންލައިން