ލީގު ޗެމްޕިއަން ޗެލްސީ ބަލިކޮށް އެފްއޭކަޕް އާސެނަލްއިން ކާމިޔާބުކޮށްފި
ލީގު ޗެމްޕިއަން ޗެލްސީ ބަލިކުރުމަށްފަހު، އިނގިރޭސި އެފްއޭކަޕް އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު އެފްއޭ ކަޕްގެ ފައިނަލް މެޗުން އާސެނަލް މޮޅުވީ 1-2 ގެ ނަތީޖާއިން ޗެލްސީގެ މައްޗަށް ކުރިހޯދައިގެންނެވެ.
އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލްމެޗުގެ، ހަތަރުވަނަމިނެޓްގައިއެލެކްސިސްސަންޗޭޒްވަނީގޯލެއްކާމިޔާބުކޮށް އާސެނަލްއަށް ލީޑު ނަގާދީފައެވެ.
ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން، ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ޗެލްސީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް، އާސެނަލްއިން ވަނީ ފޮނުވާލާފައެވެ. އެގޮތުން އާސެނަލްއިން ފޮނުވާލި، ދެ ތިންހަމަލާއެއް ގޯލުގެ ހުރަސް ރޮ،ގުމަތިން، ޗެލްސީގެ ކެޕްޓަންގެރީ ކޭހިލް ވަނީ ދިފާއުވެސް ކޮށްފައެވެ.
ފުރަތަމަ ހާފްގައި ޗެލްސީއަށް ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، އާސެނަލްގެގޯލަށް ހަމަލާއެއްވެސް އެޓީމަށް ވަނީ ފޮނުވާލެވޭގޮތް ނުވެފައެވެ.
އެއް ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް އާސެނަލްއިން ނިންމާލިއިރު، ދެވަނަހާފްގައި ޗެލްސީން ވަނީ ކުޅުން ރަނގަޅުކޮށް، އާސެނަލްގެ ގޯލަށްހަމަލާތަކެއް، އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. އެ މަސައްކަތްކުރަމުންދަނިކޮށް، ޗެލްސީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ،ދެވަނަ ރީނދޫ ކާޑާއެކު ވިކްޓަ މޯސެސް އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑު ދެއްކީ، ޕެނަލްޓީއެއް ހޯދަން ވެގެން "ޑައިވް" ކުރުމުންނެވެ.
10 ކުޅުންތެރިންނާއެކީ މެޗުގެ ބާކީބައި ޗެލްސީން ފުރިހަމަ ކުރަންޖެހުނުއިރު، މެޗުގެ 76 ވަނަ މިނެޓްގައި ޑިއޭގޯ ކޮސްޓާ ވަނީ ގޯލެއްކާމިޔާބުކޮށް މެޗުގެ ނަތީޖާ ޗެލްސީއަށް އެއްވަރުކޮށްދީފައެވެ.
ނަމަވެސް ޗެލްސީން ނަތީޖާ އެއްވަރުކުރިތާ، ތިން މިނެޓްފަހުން އާރަން ރަމްސީވަނީ، ދެވަނަ ފަހަރަށް އާސެނަލްއަށް މެޗުގެ ލީޑު ނަގާދީފައެވެ.
ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްލަން، މެޗުގެ 87 ވަނަ މިނެޓްގައިކޮސްޓާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ،އާސެނަލްގެ ގޯލްކީޕަރު އޮސްޕީނާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފަހުވަގުތުކޮޅުތެރޭ ވެސް، އާސެނަލްއަށް ވަނީ ލީޑު ފުޅާކޮށްލަންރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އޮޒިލްފޮނުވާލި ހަމަލާއެއް، ޗެލްސީގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު،ބެލެރިން ފޮނުވާލި ހަމަލާ ދިޔައީ، ޗެލްސީގެ ގޯލުގެ ކުޑަތަންކޮޅެއްބޭރުންނެވެ.
މިއީ އާސެނަލްއިން އެ ކްލަބުގެ ތާރީހުގައި، އެފްއޭކަޕް ކާމިޔާބުކުރި 13ވަނަ ފަހަރެވެ. އާސެނަލްއަކީ އެފްއޭކަޕްގެ އެންމެ ކާމިޔާބު ޓީމުވެސް މެއެވެ.