ފްރެންކްފާޓް ބަލިކޮށް ޖަރުމަނު ކަޕް ޑޯޓްމަންޑުން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ފްރެންކްފާޓް ބަލިކޮށް ޖަރުމަނު ކަޕް ޑޯޓްމަންޑުން ކާމިޔާބުކޮށްފި

ފްރެންކްފާޓް ބަލިކުރުމަށްފަހު، ޖަރުމަނު ކަޕް ބްރޫޝިއާ ޑޯޓްމަންޑުން ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅުނު މި މެޗު ޑޯޓްމުންޑުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރުމި މެޗުގެ، ވަރަށް ކުރީކޮޅު އެޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެލީޑުނަގާފައެވެ. މި ގޯލު މެޗުގެ އަށްވަނަ މިނެޓްގައި، ކާމިޔާބުކޮށްދިނީއެޓީމުގެ ޒުވާން ފޯވާޑް، އުސްމަން ޑެމްބެލޭއެވެ.

އެހެން ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި، ރެބިޗް ވަނީ ފްރެންކްފާޓްއަށްނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެކުރިން،ފްރެންކްފާޓްއަށް ލީޑުނަގައިދޭން ސެފަރޮވިޗްއަށް ވަނީ، ރަނގަޅު ފުރުސަތެއްލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާއަމާޒުވީ، ޑޯޓްމަންޑްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، މި މެޗުންޑޯޓްމަންޑް މޮޅުވި ގޯލު މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ،އެޓީމުގެ އިތުބާރު ފޯވާޑް ޕިއެރޭ އެމެރިކް އޯބަމަޔަންއެވެ. އޭނާ މި ގޯލުކާމިޔާބުކުރީ، ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މިއީ އޯބަމަޔަން މި ސީޒަނުގައި ކާމިޔާބުކުރި، 40 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.
މިއަދު އޮންލައިން