ޑޮމިނިކް ސޮލާންކީ ލިވަޕޫލްއަށް ސޮއިކޮށްފި.
ޗެލްސީގެ ޒުވާން ފޯވާޑް ޑޮމިނިކް ސޮލާންކީ، ލިވަޕޫލްއަށް ސޮއިކޮށްފިއެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޑޮމިނިކް ސޮލާންކީ، ލިވަޕޫލްއަށް ސޮއިކުރީ ތިން މިލިއަން ޕައުންޑްގެ އަގަކަށް ކަމަށާއި އޭނާ ރަސްމީކޮށް ލިވަޕޫލަށް ބަދަލުވާނީއަންނަ ޖުލައިމަހުގެއެއްވަނަދުވަހުގައިކަމަށެވެ.
މިހާރު އުމުރުން އެންމެ 19 އަހަރުގެ ސޮލާކީ އަކީ ޗެލްސީގެ ޔޫތް ޓީމުން ވިދާލި ކުޅޫންތެރިއެވެ. އެހެން ނަމަވެސް އޭނާ ޗެލްސީއަށް ބަދަލުވުމަށް ފަހުގައި އޭނާ އިންނަން ޖެހިފައިވަނީ ބެންޗުގައެވެ. އެގޮތުން މިހާތަނަށް ސޮލާންކީ ޗެލްސީގެ ސީނިއާ ޓީމާއެކު ކުޅެފައިވަނީ އެންމެ މެޗެކެވެ.
ސޮލާންކީވަނީޗެލްސީގެ ޔޫތްޓީމާއެކު ޔޫއެފާ ޔޫތް ލީގާއި، 21 އަހަރުން ދަށުގެ ޕްރިމިއަރ ލީގު، ޗެލްސީއަށް ހޯދައިދިނުމުގައި ބޮޑުދައުރެއް އަދާކޮށްފައެވެ.
އޭގެ ފަހުން ސޮލާންކީ މިދިޔަ ސީޒަނުގައި ލޯނެއްގެ ދަށުން ނެދަލޭންޑްސްގެ ވިޓެސޭ އާންހޭމްއަށް ކުޅެފައިވާއިރު އޭނާ ވަނީ އެ ކްލަބަށް ކުޅުނު 25 މެޗުގައި ހަތް ގޯލު ކާމިޔާބުކޮށްދީފައެވެ.
ސޮލާންކީ ލިވަޕޫލްއަށް ސޮއިކޮށްފައިވާއިރު އޭނާ ހޯދުމަށް ސްކޮޓުލެންޑުގެ ސެލްޓިކުން ވެސް މަސައްކަތް ކޮށްފައިވާކަމަށް މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.
އޭނާ ވަނީ އިނގިރޭސި 20 އަހަރުން ދަށުގެ ގައުމީޓީމުގައިވެސް މޮޅުކުޅޫމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 8 މެޗުގައި 6 ގޯލް ކާމިޔާބުކޮށްދީފައިވެއެވެ.