ލެސްޓަރ ސިޓީ ދޫކޮށްލަން މަހްރޭޒް ނިންމައިފި
ލެސްޓަރ ސިޓީ އަށް ކުޅެމުންއަންނަ ހުނަރުވެރި މިޑްފީލްޑަރ ރިޔާދްމަހްރޭޒް،އެކްލަބުދޫކޮށްލަންނިންމާއެކަންއެކުލަބަށްއަންގައިފިއެވެ.
ލެސްޓަރ ސިޓީއަށް އިނގިރޭސި ޕްރިމިއަރ ލީގު ހޯދައިދިނިމުގައި ބޮޑު ދައުރެއް އަދާކޮށްފައިވާ މަހްރޭޒް ލެސްޓަރ ދޫކޮށްލަން ނިންމާފައިވާއިރު އޭނާ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރުގައެވެ.
2014 ވަނަ އަހަރު ފްރާންސްގެ ލަ ފަވްރޭއިން ލެސްޓަރއާ ގުޅުނު މަހްރޭޒް އަށް މިދިޔަ ސީޒަނުގައި، އޭނާގެ އެންމެ މޮޅު ކުޅުން، ދެއްކޭގޮތް ވަނީ ނުވެފައެވެ. ލީގުގެ 12 ވަނައިގައި އޮވެ، ލެސްޓަރއިން ލީގު މިދިޔަ ސީޒަނުގައި ނިންމާލިއިރު، މަހްރޭޒް ވަނީ 10 ގޯލު ކާމިޔާބުކޮށް، 7 އެސިސްޓް ހަދާފައެވެ.
ލެސްޓަރދޫކޮށްލަންބޭނުންވާކަންއިއުލާންކުރަމުންމަހްރޭޒްބުނީމިދިޔަސީޒަނުގައިލެސްޓަރގައިމަޑުކުރީ،ކްލަބުގެޗެއަރމަނާއެކުމަޝްވަރާކުރުމަށްފަހުޕްރިމިއަރލީގާއިއަދިޗެމްޕިއަންސްލީގުގައިވެސްރަނގަޅުނަތީޖާތަކެއްނެރުމަށްލެސްޓަރއަށްއެހީތެރިވުމަށްޓަކައިކަމަށެވެ.
އެހެން ނަމަވެސް މިހާރު މިއީ އާ ތަޖުރިބާއެއް ކުރަން، އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށްބުނެ އޭނާގެ މި ނިންމުމަށް އިހުތިރާމުކުރުމަށް ގޮވާލާފައިވެއެވެ. އަދިއޭނާގެމިނިންމުންކްލަބުގެއިސްވެރިންބަލައިގަންނާނެކަމަށްއުއްމީދުކުރާކަމަށްމަހްރޭޒްބުނެފައިވެއެވެ.
އަދި އޭނާގެ ފަރާތުން އޭނާ ކުލަބުގައި ހޭދަކުރި ދުވަސްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީފައިވާ ކަމަށް ގަބޫލުކުރާކަމަށްވެސް މަހްރޭޒް ބުންޏެވެ.
ލެސްޓަރ ދޫކޮށްލަން މަހްރޭޒް ނިންމިއިރު އޭނާ ހޯދުމަށް އިނިގިރޭސި ބައެއް ކުލަބުތަކުންވެސް ޝައުގުވެރިވެއެވެ. އެގޮތުން އާސެނަލް ، ޓޮޓެންހަމް ހިމެނެއެވެ. އަދި މީގެ އިތުރުން ފްރާންސްގެ މޮނާކޯ އިން ޝައުގުވެރިވާ ކަމަށް، މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.
އަންނަ ޓްރާންސްފަރ މާކެޓޫގައި މަހްރޭޒް އާސެނަލްއިން ފެނުންގާތްކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.