އާޖެންޓީނާގެ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ޖޯޖް ސަމްޕައޮލީ ހަމަޖައްސައިފިއެވެ.
އާޖެންޓީނާގެ ކޯޗް ކަމާއި ސަމްޕައޮލީ ހަމަޖައްސާފައި މިވަނީ އެ ޓީމަށް ކުރިން އިރުޝާދު ދިން އެޑްގޯޑާ ބައުޒީ އެ މަގާމުން ވަކި ކުރުމުންނެވެ.
އެޑްގޯޑާ ބައުޒީ އާޖެންޓީނާގެ ކޯޗުކަމުގައި 8 މަސް ހޭދަކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި އޭނާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ ކުޅުނުމެޗުތަކުން މާއެދެވޭ ނަތީޖާއެއް ވަނީ ނެރެވޭގޮތް ނުވެފައެވެ.
އެހެން ކަމުން އެޑްގޯޑާ ބައުޒީ އެ މަގާމުން ވަކިކުރީކަމުގައި އާޖެންޓީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެއެވެ.
އާޖެންޓީނާގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ސަމްޕައޮލީ ބުނީ އާޖެންޓީނާގެ ކޯޗަކަށް ވުމަކީ އޭނާ އަބަދުވެސް ދެކެން ބޭނުންވި ދުވަހެއް ކަމަށާއި އޭނާގެ އުއްމީދަކީ އާޖެންޓީނާގެ ރައްޔިތުންނަށް މުހިއްމު ކަމެއް ކޮށްދިނުން ކަމަށެވެ.
ސަމްޕައޮލީ އާޖެންޓީނާގެ ކޯޗުކަމާއި ހަވާލުވެފައިވަނީ 5 އަހަރުގެ މުއްދަތަކަށެވެ.
ސަމްޕައޮލީ އަކީ މީގެ ކުރިން ސްޕެއިންގެ ސެވިއްޔާ އަށް އިރުޝާދު ދީފައިވާ ތަޖުރިބާ ކޯޗެކެވެ. އަދި އާޖެންޓީގެ ޓީމަކީ އެންމެ ފަހުން ބޭއްވި ފީފާ ވަރލްޑް ކަޕްގެ ރަނަރަޕް ޓީމުކަންވެސް ފާހަގަކޮށްލެވެއެވެ.
އާޖެންޓީނާ މިވަގުތު އޮތީ ވޯލްޑްކަޕް ކޮލިފައިން ގުރޫޕުގެ 5 ވަނަ މަގާމުގައެވެ.