ޑޮގްލަސް ކޮސްޓާ ހޯދުމުގެ މަސައްކަތް ޔުވެންޓަސްއިން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ޑޮގްލަސް ކޮސްޓާ ހޯދުމުގެ މަސައްކަތް ޔުވެންޓަސްއިން ފަށައިފި


ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ބްރެޒިލް ހުނަރުވެރި ކުޅުންތެރިއާ ޑަގްލަސް ކޮސްޓާ ހޯދުމުގެ މަސައްކަތް، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއިން ފަށައިފިއެވެ.

ކޮސްޓާ ހޯދުމުގެ މަސައްކަތް ޔުވެންޓަސްއިން ފަށާފައި މިވަނީ އޭނާ އެކުލަބު ދޫކޮށްދާން އުލޭކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ބަޔާންގައި ގިނަ ވަގުތު ބެންޗުގައި އިންނަން ޖެހިފައިވާ ކޯސްޓާ އެކުލަބު ދޫކޮށް ދާން އުޅެނީ ކުޅުމުގެ ފުރުސަތު އެކަށީގެންވާ ވަރަށް ނުލިބޭތީކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ. އެހެން ކަމުން މިފަހަރުގެޓްރާންސްފާމާކެޓުގައިކޮސްޓާއެކްލަބްދޫކޮށްލާނެކަމަށްވަނީބެލެވިފައެވެ.

އެގޮތުން މިހާރު ބަޔާން މިޔުނިކް ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވުމަށް ކޯސްޓާ ވަނީ ނިންމާފަކަމަށްވެސް ރިޕޯޓްތަށް ވަނީ ބުނެފައެވެ.
ކޮސްޓާ ހޯދުމަށް ޕްރިމިއަރ ލީގުގެ ބައެއް ކްލަބްތަކުން ވެސް ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އެގޮތުން ޗެލްސީގެ އިތުރުން އާސެނަލްއިންވެސް ވަނީ އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ބޮޑަށް ބެލެވޭގޮތުގައި އޭނާ ބަދަލުވުން
ގާތީ ޔުވެންޓަސްއަށް ކަމަށް، މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.

އަދި މި ހަފްތާތެރޭ ކޮސްޓާގެ ޓްރާންސްފާ ފީ އާއި މެދު، ޔުވެންޓަސް އާއި ބަޔާންއާ ދެމެދު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.
ރިޕޯޓްތަށް ބުނާގޮތުން ބަޔާންއިންކޮސްޓާވިއްކާލަންބޭނުންވަނީ، 44 މިލިއަންޕައުންޑްއަށެވެ.

ނަމަވެސް ޔުވެންޓަސް އިން ކޮސްޓާ ގަތުމަށް ދޭން ބާރު އަޅަނީ، 39.6 މިލިއަން ޕައުންޑް ކަމަށް ރިޕޯޓުތަށް ބުނެއެވެ.
2015 ވަނައަހަރު 21 މިލިއަންޕައުންޑްގެއަގަކަށްބަޔާންއަށް ބަދަލުވި ކޮސްޓާ ވަނީ ބަޔާންއަށް 77 މެޗު ކުޅެދީ 14 ގޯލު ކާމިޔާބުކޮށްފައެވެ

މިއަދު އޮންލައިން