ފްރާންސްގެ ނަންޓޭސްގެ ކޯޗުކަމާ ރަނިއޭރީ ހަވާލުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 10ސ
ފްރާންސްގެ ނަންޓޭސްގެ ކޯޗުކަމާ ރަނިއޭރީ ހަވާލުވެއްޖެ
ފްރެންޗް ލީގުގެ ކްލަބެއް ކަމަށްވާ، ނަންޓޭސްގެ ކޯޗުކަމާ ކްލައުޑިއޯ ރަނިއޭރީ ހަވާލުވެއްޖެއެވެ.

މީޑިޔާ ރިޕޯޓުތަށް ބުނާގޮތުގައި، އެ ކްލަބުގެ ކޯޗުކަމާ ރަނިއޭރީ ހަވާލުވީ، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިނގިރޭސި ކުލަބު ލެސްޓަ ސިޓީއަށް ޕްރިމިއަރ ލީގު ހޯދައިދިން ކާމިޔާބު ކޯޗު ރަނިއޭރީ ވަނީ، ފަހަކަށް އައިސް އެކުލަބުން ނެރެމުންދާ ދައް ނަތީޖާތަކުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުގެ މަގާމުން ވަކިކޮށްފައެވެ.

ލެސްޓާގެ ކޯޗުކަމުގެ މަގާމުން ރަނިއޭރީ ވަކިކުރި ފަހުން އޭނާ އޭނާ މިދިޔަ ސީޒަން އެއްކޮށް ހެދަކޮސްފައިވަނީ އެއްވެސް ކުލަބަކައި ނުގުޅިއެވެ. ނަންޓޭސް އަކީ އޭގެ ފަހުން ރަނިއޭރީ ހަވާލުވި ފުރަތަމަ ކުލަބެވެ.

ރަނިއޭރީއަކީ މީގެކުރިން ވެސް، ފްރެންޗް ލީގުގައި މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. އެގޮތުން އޭނާ ވަނީ، ދެ އަހަރު ދުވަހުގެ މުއްދަތަކަށް، މޮނާކޯއަށް ކޯޗުކޮށްދީފައެވެ.

އެގޮތުން އޭނާ ވަނީ އޭރު ދެވަނަ ޑިވިސަންގައި އޮތް މޮނާކޯ އާ ހަވާލުވެ އެޓީމު ފްރާންސްގެ ފުރަތަމަ ޑިވިސަނަށް ޕްރޮމޯޓް ކޮށްދިނުމަށްފަހު ފްރެންޗް ލީގުގެ ދެވަނަ މަގާމުވެސް މޮނާކޯއަށް ހޯދަދީފައެވެ.

ނިމިގެން ދިޔަ ސީޒަނުގައި ފްރެންޗް ލީގުގެ ހަތް ވަނާގައި އޮވެ ލީގު ނިންމާލި ނަންޓޭސް އަކީ، ރަނިއޭރީ އޭނާގެ ކޯޗިން ކެރިއަރުގައި ކޯޗުކޮށްދޭ، 17 ވަނަ ކްލަބުކަން ފާހަގަކޮށްލެވެއެވެ.
މިއަދު އޮންލައިން