ޓެކްސް ނުދައްކާ ޓެކުހަށް މަކަރުހެދިކަމަށް ބުނެ ކުރި ދައުވާއަށް ރޮނާލްޑޯ އިންކާރުކޮށްފި.

ކިޔުމަށް ހޭދަވާނީ 2މ 11ސ
ޓެކްސް ނުދައްކާ ޓެކުހަށް މަކަރުހެދިކަމަށް ބުނެ ކުރި ދައުވާއަށް ރޮނާލްޑޯ އިންކާރުކޮށްފި.
ޓެކުސް ނުދައްކާ ޓެކުހަށް މަކަރު ހެދި ކަމަށް ބުނެ ސްޕެއިންގެ ޓެކްސް އޮތޯރިޓީން ހުށަ އަޅާފައިވާ މައްސަލަ ރެއާލްމެޑްރިޑުގެތަރީކްރިސްޓިއާނޯރޮނާލްޑޯދޮގުކޮށްފިއެވެ.

ރޮނާލްޑޯ އެމައްސަލައަށް އިންކާރުކޮށް އެކަން ދޮކޮށްފައިވަނީ 14.7 މިލިއަން ޔޫރޯގެ ޓެކުހައް މަކަރު ހަދާ އޮޅުވާލާފައިކަމަށް ބުނެ ސްޕެއިންގެޓެކްސްއޮތޯރިޓީންމައްސަލަ ބަލަމުން ދާ ދަނޑިވަޅެއްގައެވެ.

ރޮނާލްޑޯ މިކަން ދޮގޮކޮށްފައިވާއިރު އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ މީރާރ ނޫހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޓެކުހަށް މަކަރު ހަދައި އޮޅުވާލުމުގެ މައްސަލައެއް، ރޮނާލްޑޯއާ ދެކޮޅަށް މެޑްރިޑްގައި ހުންނަ ސްޕެއިންގެ ޕްރޮސިކިއުޓަރ އޮފީހުން ހުށަހަޅައިފައިވާކަމަށެވެ.

ރޮނާލްޑޯގެ އިމޭޖް ރައިޓްސްއަށް ލިބޭ އާމްދަނީ ސްޕެއިންގައި ވަންހަނާކުރުމުގެ ގޮތުން 2010 ވަނަ އަހަރު އޭނާ ވިޔަފާރިތަކެއް އުފައްދާފައިވާ ކަމަށް ސްޕެއިންގެ ޕްރޮސިކިއުޓަރ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާކަމަށްވެސް މި ނޫހުގައި ބުނެފައިވެއެވެ.

ޕްރޮސިކިއުޓަރ އޮފީހުން ނެރެފައިވާ ބަޔާނާ ހަވާލާދީ މީރާރ ނޫހުން ބުނާގޮތުގައި ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ ދައުވާ ބިނާކޮށްފައި ވަނީ، ސްޕެއިންގެ ޓެކްސް އޭޖެންސީ އޭއީއޭޓީ އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މި މައްސލައާ ގުޅޭގޮތުން ރޮނާލްޑޯ ވެސް ވަނީ ބަޔާނެއް ނެރެ އާންމުކޮސްފައެވެ. ރޮނާލްޑޯ ނެރުނު މި ބަޔާނުގައި ބުނެފައިވަނީ އޭނާގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނި ޓްރޮލިންއަކީ މަކަރުހަދަން އުފެއްދި ކުންފުންޏެއް ނޫންކަމަށެވެ. އަދި އެއްވެސް ކުންފުންޏެއް މެދުވެރިކޮށް އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.

ރޮނާލްޑޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭނާ ދުވަހަކުވެސް ޓެކްސްއަށް މަކަރު ނުހަދާ ކަމަށާއި އަދާ ޖެހެންދެންވެސް ބަރާބަރަށް ޓެކްސް ދައްކަމުންދާ ކަމަށެވެ. އަދި ބަޔަކު އޭނާއާ ދެކޮޅަށް ސާބިތު ނުހިފޭ މައްސަލައެއް ހުށަހަޅާފައިވާތީ ހިތާމަ ކުރާކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯގެ އިތުރުން މެސީގެ މައްޗަށް ވެސް ވަނީ 2016 ވަނަ އަހަރު މި ފަދަ ތުހުމަތެއް ކޮށް 21 މަސްދުވަހުގެ ޖަލުހުކުމެއް ކޮސްފައެވެ. އެހެން ނަމަވެސް މެސީ ޖަލުގައި އެއްވެސް ދުވަހެއް ހޭދަކޮށްފައެއް ނުވެއެވެ.

ސްޕެއިންގެ ޝަރުއީ ނިޒާމް އޮންނަ ގޮތުން ޖޫރިމަނާފައިސާ ދައްކައި ފުރިހަމަކުރުމުން ޕްރޮބޭޝަން މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފިނަމަ ޖަލަށް ނުގޮސް ސަލާމަތް ވެވެއެވެ.

ނޭމާއަށް ވެސް މީގެކުރިން ވަނީ މިފަދަ ތުހުމަތުތަކެއް ކޮށްފައެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ސްޕެއިންއަކީ ޓެކްސްގެ މައްސަލަ ތަށް އެއްމެ ބޮޑު އެއްގައުމެވެ.

މިއަދު އޮންލައިން