ޓޮލީސޯ ބަޔާންއަށް ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 31ސ
ޓޮލީސޯ ބަޔާންއަށް ސޮއިކޮށްފި


ފްރާންސްގެ ލިޔޯންއަށް ކުޅެމުން އައި، ފްރާންސްގެ ޒުވާން މިޑްފީލްޑަރު ޓޮލީސޯ، ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.
ޓޮލީސޯ ބަޔާންއަށް ސޮއިކުރީ ފަސްއަހަރުގެ އެއްބަސްވުމެއްގެ ދަށުން 41.5 މިލިއަން ޔޫރޯގެ އަގަކަށެވެ.

އުމުރުން އެންމެ 22 އަހަރުގެ ޓޮލީސޯ ބަޔާންއަށް ބަދަލުވިއިރު އޭނާ ހޯދުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޗެލްސީންވެސްދިޔައީމަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އިޓަލީގެ ޔުވެންޓަސް އަދި މިލާނުންވެސް ވަނީ ޓޮލީސޯއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ބަޔާންއަށް ސޮއިކުރުމަށްފަހު މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ޓޮލީސޯ ބުނީ ލިޔޯންގައި އޭނާ ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށާއި، ޔޫރަޕްގެ އެންމެ ބޮޑު އެއް ކްލަބަށް ކުޅެން ފުރުސަތު ލިބުމަކީ އެއަށްވުރެވެސް އުފާވާ ކަމެއްކަމަށެވެ. އަދި ބަޔާންއަށް

ރަނގަޅުކުޅުމެއްދެއްކުމަށްޓަކައިއަންނަސީޒަނަށްމިހާރުއްސުރެތައްޔާރުވަމުންއަންނަކަމަށްވެސްއޭނާބުންޏެވެ.
"ބަޔާންއާއެކު ކާމިޔާބީތަކެއް ހާސިލް ކުރަން މަސައްކަތް ކުރާނަން. ވީ އެންމެ ރަނގަޅު ކުޅުމެއް ދައްކާނަން. މިއީ އަހަންނަށް ވަރަށް އުފާވެރި ދުވަހެއް" ޓޮލީސޯ ބުންޏެވެ.

ލިޔޯންގެ މެދުތެރޭގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓޮލީސޯ ވަނީ މިދިޔަ ސީޒަނުގައި އެ ކްލަބަށް 14 ގޯލު ކާމިޔާބުކޮށްދީފައެވެ.

ޓޮލީސޯ އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި، އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ބަޔާންއަށް ގެނައި ތިންވަނަ ކުޅުންތެރިއާއެވެ. މީގެކުރިން އެ ކްލަބުން ވަނީ، ކުރިން އާސެނަލްއަށް ކުޅުނު، ގްނެބްރީ އާއި ހޮފެންހެއިމްގެ ޑިފެންޑަރު ނިކޮލަސް ސޫލާ ވެސް ގެނެސްފައެވެ.
އަދިވެސް މީގެ އިތުރުން ބަޔާންއިން ދަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރތަމުންނެވެ.
މިއަދު އޮންލައިން