ރިއަލް މެޑްރިޑުން އަންނަ އާ ފުޓްބޯޅަ ސީޒަނުގައި ބޭނުންކުރާނެ ޖާރޒީ ދައްކާލައިފި

ކިޔުމަށް ހޭދަވާނީ 1މ 14ސ
ރިއަލް މެޑްރިޑުން އަންނަ އާ ފުޓްބޯޅަ ސީޒަނުގައި ބޭނުންކުރާނެ ޖާރޒީ ދައްކާލައިފި
ޔޫރަޕުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެންމެ މުއްސަނދި އެއް ކްލަބު ކަމިގައިވާ ސްޕެއިންގެ ރިއަލް މެޑްރިޑުން ކުރިއަށް އޮތް ސީސަނުގައި އެ ޓީމުން ބޭނުން ކުރާނޭ ޖާރޒީތައް ރަސްމީކޮސް ދައްކާލައިފިއެވެ.

ރެއާލް މެޑްރިޑުން އަންނަ އާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުކުރި ޖާޒީ ރަސްމީކޮށް ދައްކާލިއިރު އެޓީމުން ވަނީ އެ ޖާޒީތަށް ވިއްކަންވެސް ފަށާފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ކުލަބުގެ ގޮތުގައި މިވަގުތު އޮތް ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ ރެއާލް މެޑްރިޑުން މިއަދު ވަނީ އެ ޓީމުން އަންނަ ސީޒަނުގައި ބޭނުން ކުރާނޭ ޖާރޒީ އާއި އެކު އެ ޓީމުގެ ބައެއް ކުޅުންތެރިންގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ޢާއްމުކޮށްފައެވެ.

ރެއާލް މެޑްރިޑުން ބުނާ ގޮތުގައި މިއަދުން ފެށިގެން، އެ ޓީމުގެ އާ ޖާރޒީ ގަންނަން ބޭނުންވާ ފަރާތްތަކަށް ރިއަލް މެޑްރިޑްގެ ރަސްމީ ވެބްސައިޓުން ޖާރޒީތައް ޕްރީ އޯރޑާރ ކުރެވޭނެއެވެ.

މިފަހަރު އެޓީމުން ތައާރަފްކުރި ޖާޒީގައި ކުރިން ސީޒަނުގައި ބޭނުން ކުރި ދަނބުކުލަ ހިމެނިފައެއް ނުވެއެވެ. އެގޮތުން ހޯމް ޖާރސީ އެއްގެ ގޮތުގައި ކުރިއަށް އޮތް ސީސަނުގައިވެސް ބޭނުން ކުރާނީ ހުދު ކުލައިގެ ޖާރޒީއެވެ. އެ ޓީމުގެ 3 ޖާރސީ ވެސް ފަރުމާކޮށްފައިވަނީ މަޑު ނޫ ކުލައެއްގެ ރޮނގު ތަކެއް ހިމެނައިގެންނެވެ.

މި ޖާޒީތަށް ސޯޝަލް މީޑިއާދައި މަސްހޫރުކަން ހޯދަމުންދާއިރު މިހާރުވެސް ދިނަބަޔަކު ދަނީ އެޖާޒީތަށް ގަންނަމުންނެވެ.

މިއަދު އޮންލައިން