މިރެއިން ފެށިގެން މަސްޖިދު މުޙައްމަދުތަކުރުފާނުލްއަޢުޒަމް (އިސްލާމީ މަރުކަޒް) ގައި އިމާމްވެ ދަމުނަމާދު ކޮށްދެއްވާނީ ކުރީގެ އިސްލާމިކް މިނިސްޓަރ، އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
ޑރ. ޝަހީމް ވަނީ ގިނަ އަހަރުތަކެއްވަންދެން އިމާމްވެ ދަމު ނަމާދުކޮށްދެއްވާފައެވެ. އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މިނިސްޓަރުކަމުގައި ހުންނަވައިގެންވެސް އަދި މިނިސްޓަރުކަމުން ވަކިވެވަޑައިގަތުމަށްފަހުވެސް ޑރ. ޝަހީމް ވަނީ އިމާމްވެ ދަމު ނަމާދުކޮށްދެއްވައިފައެވެ.
ގިނަ ބައެއްގެ މަޤްބޫލުކަން ލިބިވަޑައިގެންފައިވާ، އިމާމްވެވަޑައިގެން ހުކުރު ކުރެއްވުމާއި ދަމު ނަމާދުކުރެއްވުމުގެ "ސްޕަރސްޓާރ" މިއަހަރު "ގެއްލުމުން" ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ޑރ. ޝަހީމް އަކީ ކީރިތި ޤްރްއާން ހިތުދަސް ހާފިޒެކެވެ. ތަފާތު ރީތި ރާގުތަކަށް ކިޔަވައި ވިދާޅުވުމުގެ ހުނަރު ޑރ. ޝަހީމް ވަނީ ހޯއްދަވައިފައެވެ.