ސަލާހް ލިވަޕޫލަށް ބަދަލުވަނީ ..!

ކިޔުމަށް ހޭދަވާނީ 1މ 33ސ
ސަލާހް ލިވަޕޫލަށް ބަދަލުވަނީ ..!
އިޓަލީގެ ރޯމާ އަށް ކުޅެމުންދާ މިސްރުގެ ތަޖުރިބާކާރު ވިންގާ މުހައްމަދު ސަލާހް ލިވަޕޫލަށް ބަދަލުވާން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ސަލާހް ލިވަޕޫލަށް ބަދަލުވަނީ 5 އަހަރުގެ މުއްދަތަކަށް 39 މިލިއަން ޕައުންޑުގެ ފީއަކަށެވެ. މި އެަގުގައި މީގެ ކުރިން ލިވަޕޫލަޑް އެއްވެސް ކުޅުންތެރިއަކު ގެނެސްފައިނުވާކަމަށާއި މި އަގުގައި ސަލާހް ލިވަޕޫލަށް ގެނެސްފިނަމަ ވެގެންދާނީ އެކުލަބުގެ ތާރީޚުގައިވެސް އެ ކްލަބުން އެންމެ އަގުބޮޑުކޮށް ގެންނަ ކުޅުންތެރިޔާއަށް ކަމުގައި ރިޕޯޓްތަށް ވަނީ ބުނެފައެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި އުމުރުން 25 އަހަރުގެ މި ކުޅުންތެރިއާ އަކީ މި ޓްރާންސްފާ ޕީރިއަޑްގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެންމެ ބޮޑު އިސްކަމެއް ދީގެން އެ ޓީމަށް ގެންނަން ބޭނުންވާ އެއް ކުޅުންތެރިޔާ އެވެ.

ރިޕޯޓްތަށް ބުނާގޮތުން މީ ލިވަޕޫލުން ސަލާހް ހޯދުމަށް މަސައްކަތް ކުރަމުންގެންދާ ދެވަނަ ފަހަރެވެ.

ސަލާހް އަކީ މީގެ ކުރިން ޗެލްސީއަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

އެހެން ނަމަވެސް އޭނާއަށް ވަނީ ޗެލްސީގައި ރަނގަޅުކުޅުމެއް ނުދެއްކުމުގެ ސަބަބުން ލޯނުއުސޫލުން ރޯމާއަށް ދޫކޮށްލާފައެވެ.

އެގޮތުން ލޯނު އުސޫލުން އިޓަލީގެ ރޯމާ އާއި ފިއޮރެންޓީނާ އަށް ވެސް ކުޅުމަށް ފަހު 15 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ސަލާހް ރޯމާ އަށް ބަދަލުވީ މިދިޔަ އަހަރެވެ.

ސަލާހް ރޯމާއަށް ބަދަލުވިފަހުން އޭނާ އަންނަނީ މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިދިޔަ ސީޒަންގައި ރޯމާ އިޓާލިއަން ލީގުގެ ދެވަނަ ހޯދިއިރު ސަލާހް ގެ ހިއްސާ ބޮޑެވެ. މިދިޔަ ސީޒަންގައި ރޯމާ އަށް ސަލާހް ވަނީ 31 މެޗު ކުޅެދީ 15 ލަނޑު ޖަހައިފަ އެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ލިވަޕޫލް އިން ވަނީ ޗެލްސީ އަށް ކުޅެމުންދިޔަ އުންމީދީ ފޯވަޑް ޑޮމިނިކް ސޮލަންކޭ އެ ޓީމަށް ގެނެސްފަ އެވެ.
މިއަދު އޮންލައިން