މުޙައްމަދު ބިން ސަލްމާނަކީ ޤާބިލް، އުންމިދީ ބޭފުޅެއް- ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މުޙައްމަދު ބިން ސަލްމާނަކީ ޤާބިލް، އުންމިދީ ބޭފުޅެއް- ޑރ. ޝަހީމް
ސައުދިއަރަބިޔާގެ ވަލީ އަހުދުކަމަށް މިއަދު ސަލްމާން ރަސްގެފާނު ޢައްޔަނުކުރެއްވެވި މުޙައްމަދު ބިން ސަލްމާން އަކީ ޤާބިލް އަދި އުންމީދީ ބޭފުޅެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ މުޙައްމަދު ބިން ސަލްމާނަކީ ހަކަތަހުރި ޒުވާން ބޭފުޅަކަށްވާއިރު އެމަނިކުފާނަކީ ހިތްޕުޅު ހެޔޮ ބަދަލުތަކަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށެވެ. "އެހެންކަމުން އެމަނިކުފާނާއިމެދު ވަރަށް ހެޔޮ އުންމީދުތަކެއް ކުރެވޭ."

ޑރ. ޝަހީމް ވިދާޅުވީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަކީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްޕުޅު ކުރައްވަވާ އަދި ސައުދިއަރަބިޔާގެ، ޚާއްޞަކޮށް ޒުވާނުންގެ ކުރިއެރުމަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ސައުދިއަރަބިޔާގެ "2030 އިޤްޠިޞާދީ ސްޓްރެޖިކް ޕްލޭން" ގެ ވެސް އިސް މޭސްތިރިއެއް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށްޓަކައި ހެޔޮ ދުޢާކުރައްވަވާ ކަމަށެވެ. "އަޅުގަނޑުގެ ދުޢާއަޚީ އެމަނިކުފާނުގެ ސަބަބުން އިސްލާމީ އުންމަތަށް ހެޔޮކަމާއި ކުރިއެރުން ލިބުން. އަދި ހަރަމްފުޅަށް ޚިދުމަތްކުރައްވަވާނެ ޒުވާން ލީޑަރެއް ހުންނެވުމަކީ ވަރަށް ގިނަ ކުރިއެރުމާއި ފަސޭހަކަން އަންނާނެ" ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން