ބްރެޒިލްގެ ތަރި ލޫކަސް ލީމާ ބާސެލޯނާއަށް..

ކިޔުމަށް ހޭދަވާނީ 1މ 5ސ
ބްރެޒިލްގެ ތަރި ލޫކަސް ލީމާ ބާސެލޯނާއަށް..
އަންނަ ޓްރާންފާ ބާޒާރުގައި ސްޕެއިންގެ ބާސެލޯނާއާ ގުޅޭނެ ކަމަށް ބްރެޒިލްގެ ސަންތޯސްއަށް ކުޅެމުންއަންނަ ބްރެޒިލް ތަރި ލޫކަސް ލީމާ ބުނެފި އެވެ.

ލޫކަސް ލީމާ ބާސާއާ ގުޅެނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންކަމުގައި އޭނާ ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

އޭނާ ބާސެލޯނާއާ ގުޅެނީ 6 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރަކު ހަތަރު މިލިއަން ޔޫރޯގެ މުސާރާއެއް ދޭގަތަށްކަމަށް ރިޕޯޓްތަށް ބުނެއެވެ.

ބާސާއިން ދަނީ އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އޮސްމާނޭ ޑެމްބެލޭ ގެންނަން ވެސް މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް ރިޕޯޓްތަށް ބުނާގޮތުން ޑޯޓްމުންޑުން އޮސްމާނޭ ނުވިއްކާނެއެވެ.

މީގެ ކުރިންވެސް އެކުލަބުން ބުނެފައިވަނީ އޮސްމާނޭއަކީ އެއްވެސް ކުލަބަކަށް ވިއްކާނޭ ކުޅުންތެރިއެއް ނޫންކަމަށެވެ.

ރިޕޯޓްތަށް ބުނާގޮތުން ބާސެލޯނާއިން އަދި މިހާތަނަށް އޮސްމާނޭ ގަތުމާއި ބެހޭ އެއްވެސް މަސްވަރާއެއް ޑޯޓްމުންޑާއެކު ނުކުރެއެވެ.

ބާސާއަށް ހިލޭ ޓްރާންފާއެއްގެ ސަޑުން ބަދަލުވާނެ ކަމަށް ބުނާ ލީމާ އަކީ ރެޒިލްގެ ގައުމީޓީމުގެވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިގާތަނަށް ބްރެޒިލްގެ ގައުމީޓީމަށް 14 މެޗު ކުޅެފައެވެ.

މިއަދު އޮންލައިން