އޮލިވިއޭ ޖީރޫޑްގެ ބަދަލުގައި ލަކަޒެޓް އާސެނަލްއަށް ...؟

ކިޔުމަށް ހޭދަވާނީ 2މ 5ސ
އޮލިވިއޭ ޖީރޫޑްގެ ބަދަލުގައި ލަކަޒެޓް އާސެނަލްއަށް ...؟
އާސެނަލްއަށް ކުލެމުންއަންނަ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖީރޫޑް ވިއްކާލުމަށްފަހު ފްރާންސްގެ އޮލިމްޕިކް ލިއޯންއަށް ކުޅެމުންއަންނަ އެޓީމުގެ ފޯވާޑް އަލެކްސަންޑަ ލަކަޒެޓް ގެންނަން އާސެނަލްއިން ނިންމާފައިވާ ކަމަށް ދުނިޔޭގެ މަޝްހޫރު މީޑިއާތަކުން ޚަބަރު ފަތުރަން ފަށައިފިއެވެ.

އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އޮލިވިއޭ ޖިރޫޑް ވިއްކާލުމަށް ފަހު އާސެނަލުން ލިޔޯންގެ ފޯވާޑް އަލެކްސަންޑަ ލަކަޒެޓޭ ގެންނަން އާސެނަލްއިން ނިންމާފައިވަނީ ޖީރޫގެ ފަރާތުން މިހާރަކަށް އައިސް އެކަށީގެންވާ ކުޅުމެއް ނުފެންނާތީ ކަމަށް މި ރިޕޯޓްތަށް ބުނެއެވެ.

ފާއިތުވި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ޖިރޫ އަށް މާ ގިނަ ފުރުސަތުތަކެއް އެ ޓީމުގެ ކޯޗު އާސެން ވެންގާ ދީފައިނުވާއިރު، އޭނާ ކުޅުނު މަދު މެޗުތަކުގައި ޖިރޫ ވަނީ ލީގުގައި 12 ލަނޑު ޖަހައި ތިން ލަނޑު ޖަަހަން ތިން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އާސެނަލުން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައީ މޮނާކޯގެ އުއްމީދީ ތަރި ކިލިއަން އެމްބާޕޭގެނައުމަށެވެ. އެހެން ނަމަވެސް މޮނާކޯއިން އެމްބާޕޭ ވިއްކަން ކިޔާ އަގުބޮޑުވުމުން އާސެނަލްއިން ވަނީ އެމަސައްކަތް މިވަގުތަށް ހުއްޓާލާފައެވެ.

އެމްބާޕޭ ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސްޕެއިންގެ ރެއާލް މެޑްރިޑާއެވެ. ރެއާލްއިންވެސް ދަނީ އޭނާ ހޯދުމުގެ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

މި ސީޒަނަށްފަހު ލިއޯން ދޫކޮށްލަން ލަކަޒޭޓް ނިންމާފައިވާއިރު އޭނާ އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ތުލެޓިކޯ މެޑްރިޑާ ގުޅުމެވެ. އެހެން ނަމަވެސް އެތްލެޓިކޯއަށް ފީފާއިން ދީފައިވާ ސަސްޕެންސަނުގެ ސަބަބުން އެތުލެޓިކޯ އަށް މި ވަގުތު ކުޅުންތެރިއެއް ސޮއިކުރި ނަމަވެސް މެޗެއް ކުޅެވޭނީ އަންނަ ޖެނުއަރީ މަހުގަ އެވެ. އެތުލެޓިކޯ އަށް ފީފާއިން ދީފައިވާ ސަސްޕެންޝަން ހަމަވާނީ އަންނަ ޖެނުއަރީ މަހުގައެވެ.

ލަކަޒޭޓް ހޯދުމަށް އިނގިރޭސި ކުލަބަކުންވެސް މަޝްވަރާތަށް ކުރިޔަށް ގެންދާކަމަށް ވެސް ލިޔޯނުން ދާދި ފަހުން ބުނެފައިވެއެވެ. ރިޕޯޓްތަށް ބުނާގޮތުން އެއީ އާސެނަލްއެވެ. ލަކަޒެޓޭ ވިއްކާލަން ލިޔޯންއިން ކިޔާ އަގަކީ 50 މިލިއަން ޕައުންޑެވެ. އެހެން ކަމުން އާސެނަލްއިން މަސައްކަތް ކުރަމުންގެންދަނީ ޖިރޫޑް ވިއްކާލުމަށް ފަހު ލިބޭ ފައިސާއިން ލަކަޒެޓޭ ގަތުންކަމުގައި ރިޕޯޓްތައް ބުނެއެވެ.

ލަކަޒޭޓް ވަނީ މިދިޔަ ސީޒަނުގައި ލިޔޯންއަށް ޖުމްލަ 28 ލަނޑު ޖަހައިދީފައެވެ. ލަކަޒޭޓްގެ އިތުރުން އާސެނަލުން ވަނީ ޖަރުމަނުގެ ޝާލްކާގެ ވާތު ބެކް ސައިދު ކޮލަސިނަޗް ވެސް އެޓީމަށް ގެނެސްފަ އެވެ.

މިއަދު އޮންލައިން