ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ރެއާލް މެޑްރިޑު ދޫކޮށް، އޭނާގެ ދަރިފުޅު އެންޒޯ ޒިދާން ސްޕެނިށްލީގުގެ ޓީމެއް ކަމުގައިވާ ޑިޕޯޓިވޯ އަލަވޭސް އަށް ސޮއި ކޮށްފިއެވެ.
ޒިދާންގެ 22 އަހަރުގެ ދަރިފުޅު އެންޒޯ ޒިދާން ރެއާލް މެޑްރިޑު ދޫކޮށް ޑިޕޯޓިވޯ އަސްވޭސް އަށް ބަދަލުވީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން 20 މިލިއަނބް ޕައުންޑްގެ ފީއަކަށް ކަމަށް ރިޕޯޓްތަށް ބުނެއެވެ.
އެހެން ނަމަވެސް އެންޒޯ ގެ މި އެއްބަސްވުމުގައި ވާގޮތުން ރެއަލް އިން އެންޒޯ އެ ކްލަބަށް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި ގެނެވޭނެއެވެ.
ރިޕޯޓްތަސް ބުނާގޮތުން އެންޒޯ ރެއާލްގެ ސީނިއާ ޓީމު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވީ އެޓީމުގައި އޭނާ ހިންހަމަ ޖެހޭވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީއެވެ. ރޭއާލްގެ ސީނިއާޓީމުން އެންޒޯއަށް ފުރުސަތު ލިބިފައިވަނީ އެންމެ މެޗެއް ކުޅޭށެވެ. އެއީ ކޮޕަޑެލްރޭގެ މެޗެކެވެ.
ރެއަލް މެޑްރިޑްގެ ސީނިއާރ ޓީމަށްވެސް ކުޅެ ލަނޑުވެސް ޖަހާފައިވާ އެންޒޯ ވަނީ ރެއަލްގެ ޔޫތް ޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅެގިނަ ގޯލްތަކެއްވެސް ޖަހައިދީފައެވެ.
އެގޮތުން އޭނާވަނީ ރެއަލްގެ ރިސާރވް ޓީމް ކަމުގައިވާ ރެއަލް މެޑްރިޑް ކަސްޓިލާ އަށް 78 މެޗު ކުޅެ 7 ގޯލް ޖަހާފައެވެ.
އެންޒޯ ޒިދާން އަކީ އޭނާގެ ބައްޕަ ޒައިނެއްދީން ޒިދާން އަށް ލިބިފައި ހުރި 4 ކުދިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ.
އެންޒޯގެ އިތުރުން އަނެއް 3 ކުދިންވެސް ދަނީ ރެއާލްގެ ފުޓްބޯޅަ އެކަޑަމީގައި ތަމްރީންތަށް ހަދަމުންނެވެ.