އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންއަންނަ ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ސައުލް ނިގުއޭޒް އެ ކްލަބުގެ އެއްބަސްވުން އާކޮށްފިއެވެ.
ސައުލް މިފަހަރު އެކުލަބާއެކު އެއްބަސްވެފައިވަނީ ނުވަ އަހަރު ދުވަހު އެކުލަބުގައި މަޑުކުރުމަށެވެ. މި އެއްބަސް ވުމާއި އެކު އޭނާ 2026 ވަނަ އަހަރާއި ހަމައަށް އޭނާ އެތްލެޓިކޯގައި މަޑުކުރާނެއެވެ.
މިއީ ފަހަކަށް އައިސް މަޝްހޫރު ކުޅުންތެރިއަކު އެންމެ ދިގު މުއްދަތަކަށް އެއްބަސްވުން އާކުރި ފުރަތަމަ ފަހަރެވެ. އާއްމުކޮށް ކުޅުންތެރިން އެއްބަސްވުން އާކުރަނީ ހަތަރު އަހަރު ނުވަތަ ފަސް އަހަރުގެ މުއްދަތަކަށެވެ.
2012 ވަނަ އަހަރުން ފެށިގެން ސީނިއާ ޓީމަށް ކުޅެމުންއަންނަ އަދި ސްޕެއިންގެ ސީނިއާ ގައުމީޓީމުގައިވެސް ޓީމުގައިވެސް ހިމެނޭ ސައުލް ނުވަ އަހަރަށް އެތްލެޓިކޯގެ އެއްބަސްވުން އާކޮސްފައިވާއިރު އޭނާ އަކީ އެންމެ ފަހުން ނިމިގެންދިޔަ 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ.
ސައުލް އަކީ ބާސެލޯނާ އިންވެސް ވަރަށް ބޮޑަށް ހޯދަން މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއެކެވެ. ރިޕޯޓްތަށް ބުނާގޮތުން ސައުލް ހޯދަން ދުނިޔޭގެ ބޮޑެތި ކުލަބުތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހާރު އުމުރުން 22 އަހަރުގެ ސައުލް ހޯދުމަށް އިނގިރޭސި ކުލަބު ޗެލްސީންވެސް ޝައުގުވެރިކަން ފާޅުކުރިކަމުގައި ރިޕޯޓްތަށް ބުނެއެވެ. އަދި އަދި ސައުލް އަކީ މެސީ ވަރަށް ގަޔާވާ ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާގެ ކޯޗުވެސް ފާހަގަކޮށްފައިވާ ކުޅުންތެރިއެއް ކަމަށް މީޑިއާ ރިޕޮޓްތަސް ބުނެއެވެ.
އޭނާ ވަނީ މިހާށތަނަށް އެތްލެޓިކޯ މެޑްރިޑަށް 90 މެޗު ކުލެ 12 ގޯލްވެސް ޖަހައިދީފައެވެ. އަދި ސްޕެއިންގެ ގައުމީޓީމަށްވެސް އޭނާ މިހާތަނަށް 3 މެޗު ކުލެދީފައިވެއެވެ.