ދުނިޔޭގެ ނަމްބަރ ވަންއަށްވުމުގެ ފުރުސަތު ޗިލީއަށް އެބައޮތް: ވިޑާލް

ކިޔުމަށް ހޭދަވާނީ 2މ 56ސ
ދުނިޔޭގެ ނަމްބަރ ވަންއަށްވުމުގެ ފުރުސަތު ޗިލީއަށް އެބައޮތް: ވިޑާލް
ދުނިޔޭގެ ނަމްބަރ ވަން އަށް ވުމުގެ ފުރުސަތު ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީއަށް އެބައޮތް ކަމަށް އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރ އަޓޫރޯ ވިޑާލް ބުނެފިއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ވިޑާލް ބުނީ މިރޭ ޗިލީ މި ކުރިމަތި ލަނީ ދުނިޔޭގެ ޗެމްޕިއަނުންނާއި ކަމަށާއި އެހެން ކަމުން މިރޭގެ ފައިނަލް މެޗުން ޖަރުމަން ބަލިކުރެވިއްޖެއްޔާ ވަުތީ ގޮތުން ދުނޔޭގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ޗިލީ ބެލެވިދާނެކަމަށެވެ.

އިޑާލް ބުނީ ޔޫރަޕްގެ ޗެމްޕިއަނުން ވެސް ޗިޅވަނީ ބަލިކޮށްފަ ކަމަށާއި އަދި ދުނިޔޭގެޗެމްޕިނުންވެސް ބަލިކުރެވިދާނެކަމަށެވެ. އެހެން ކަމުން ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ މިފަދަ މުބާރާތެއް ކާމިޔަބުކުރުމަކީ ފަސޭހަކަމެއްވެސް ނޫންކަމަށެވެ. އެހެން ނަމަވެސް ނުވާނެ ކަމެއްވެސް ނޫންކަމަށެވެ.

"އަހަރެމެން މި ވަނީ އަހަރެމެންގެ އަސްލު ފެންވަރު ދަނޑު މަތީގައި ސާބިތު ކޮށްދީފަ، އަހަރެމެން އާޖެންޓީނާ ބަލި ކުރިން އަދި ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލް ބަލިކުރިން، އެހެންކަމުން މިރޭ މި ނުކުންނަނީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް، އެހެން ކަމުން މިރޭގެ މެޗުން މޮޅެއް ހޯދިއްޖެނަމަ އަހަރުމެންވެގެން ދާނީ ދުނީޔޭގެ ނަމްބަރ ވަން އަށް." ވިޑާލް ބުންޏެވެ.

ފީފާ ކޮންފެޑްރޭޝަން ކަޕްގެ ފައިނަލުގައި، މިރޭ ޖަރުމަން އާއި ދެކޮޅަށް ޗިލީ ނިކުންނައިރު މިއީ އެޓީމުގެ ތާރީޚުގައިވެސް މި މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ. އަދި ވާދަވެރި މެޗެއް ގައި ޖަރުމަނާއި ދެކޮޅަށްވެސް ކުލެ ފުރަތަމަ މެޗެވެ.
ވާދަވެރި މެޗެއް މި ދެޓީމުންވެސް ކުޅެފައިވަނީ މި މުބާރާތުގައެވެ. އެމެޗު ވަނީ އެއްވަރުވެގެން ނިމިފައެވެ. ބަޔާން މިޔުނިކަށް ކުލެމުންދާ ވިޑާލް ހުރީ މިރޭ ޖަރުމަން ބަލި ކުރުމުގެ އުންމީދުގަ އެވެ. ވޯލްޑްކަޕް ކާމިޔާބު ކުރި ޓީމާ ހިލާފަށް ކޮންފެޑްރޭޝަން ކަޕަށް ޖަރުމަނުން ގެނައީ ތަޖުރިބާ މަދު އެހެން ނަމަވެސް ހުބނަރުވެރި ޒުވާން ޓީމެކެވެ. އެއާ ހިލާފަށް ޗިލީގައި އޮތީ އެގައުމުގެ ފުޓްބޯޅަ ހަޔާތުގައި އުފެދުނު އެންމެ ތަޖުރިބާކާރު އެންމެ ވަރުގަދަ ސްކޮޑެއް ހިމެނޭ ޓީމެކެވެ.

އެހެން ކަމުން މިފަދަ ބޮޑު މެޗެއްގައި ތަޖުރިބާއަކީވެސް ވަރަށް ބޮޑު އެހީތެރިކަމެކެވެ. އެހެން ކަމުން މިރޭގެ މެޗުން ޗިލީގެ ފަރާތުން އެކަން ފެނިގެންދާނެއެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ބުނާގޮތުން ޗިލީއަށް ޖަރުމަނު ބަލިކުރުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމަށްނުވާނެއެވެ.

ކޮންފެޑްރޭޝަން ކަޕް ކާމިޔާބު ކޮށްފިނަމަ، ޗިލީ ޖެހިޖެހިގެން ތިން އަހަރު ތެރޭ ބައިނަލްއަގްވާމީ ތިން މުބްރާތް ކާމިޔާބު ކުރެވުނީ އެވެ. އެ ޓީމު ވަނީ 2015 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާ އާއި އަދި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރަތަށް 100 އަހަރު ފުރިގެން މިދިޔަ އަހަރު ބޭއްވި ހާއްސަ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.

މިރޭގެ މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ޖަރުމަން ކޯޗް ޖޯކިމް ލޯ ބުނީ، ޗިލީ އަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން ވަރުގަދަ ޓީމެއް ކަމަށާއި އެހެން ކަމުން އެޓީމު ބަލިކުރުމަކީ އެހާ ފަސޭހަކަމަށްވެސް ނުވާނެ ކަމަށެވެ.

އެހެން ކަމުން މިރޭ ޖަރުމަނުގެ ޒުވާން ކުޅުންތެރިންގެ ސްކޮޑަށް ޗިލީ ހިފަހައްޓަން ދަތިތަކަކާއި ކުރިމަތިލާން ޖެހުމަކީ ދުރުކަމެއް ނޫންނެވެ.

ޖަރުމަންގެ ޒުވާން ކުޅުންތެރިން، މުބާރަތް ކާމިޔާބު ކޮށްފިނަމަ، އަންނަ އަހަރުގެ ވޯލްޑްކަޕް ސްކޮޑުގައި ހިމެނުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. ހުކުރު ދުވަހުގެ ރޭ، ސްޕެއިން ބަލިކޮށް، ޖަރުމަން ޔޫރަޕްގެ 21 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކުރުމުން އެ ކުޅުންތެރިންނަށްވެސް ވޯލްޑްކަޕްގެ ސްކޮޑުގައި ހިމެނުމުގެ ފުރުސަތު ހުޅުވިފައި ވުމުން ޖަރުމަންގެ ކުޅުންތެރިންގެ ވާދަ ވެރިކަން ވަނީ ބޮޑުވެފަ އެވެ.

މިއަދު އޮންލައިން