ޝައިޚް އިމްރާން ޢަބްދުﷲ އަށް ޖަލުގައި ޢަމަލުކުރަމުން އަންނަގޮތާއިމެދު އަދާލަތު ޕާޓީން ހިތްހަމަނުޖެހިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 22ސ
ޝައިޚް އިމްރާން ޢަބްދުﷲ އަށް ޖަލުގައި ޢަމަލުކުރަމުން އަންނަގޮތާއިމެދު އަދާލަތު ޕާޓީން ހިތްހަމަނުޖެހިއްޖެ
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲއަށް ޖަލުގައި ޢަމަލުކުރަމުން އަންނަގޮތާއިމެދު އަދާލަތު ޕާޓީން ހިތްހަމަނުޖެހިއްޖެއެވެ.

އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ރޯދަ މަހަށް ގޭބަންދަށް ބަދަލުކުރުމަށް ފަހު، މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް މާފުށީ ޖަލަށްގެންގޮސް އޭނާއާ މެދު ޢަމަލު ކުރަމުން އަންނަނީ ވަރަށް އަނިޔާވެރިކޮށްކަމަށެވެ.

ޢިމްރާން ބަހައްޓާފައި ހުންނަނީމީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް އިއްވާފައިތިބިކުށްވެރިންނަށް ޚާއްޞަކޮށްފައިވާ ޔުނިޓްގައި ކަމަށާއި އެއީ އިންސާނުންބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

އަދާލަތުން ބުނެފައިވަނީ އިމްރާންގެ ސިއްހީހާލަތު ހުރި ގޮތުން، އެ ގޮޅީގައި އޭނާ ބަހައްޓައިފި ނަމަ ހާލު އިތުރަށްގޯސްވެދާނެ ކަމަށާއި އިމްރާނަކީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާއިލްމުވެރިއަކަށް ވާތީ، އޭނާއާ މެދު އިހާނެތިކޮށް އަމަލު ނުކުރަންއެޕާޓީން ގޮވާލާ ކަމަށެވެ.

ޝައިޚް އިމްރާން 12 އަހަރަށް ޖަލަށްލާފައިވަނީ2015 ވަނަ އަހަރުގެ މެއި މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައިހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައިޓެރަރިޒަމްގެ ކުށް ޘާބިތުވެގެންނެވެ. އަދި އެ ހުކުމަށް ހައި ކޯޓުންވަނީ ތާއީދުވެސް ކޮށްފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިމްރާންގެ ވަކީލުން ވަނީ ބުނެފައެވެ.

އިމްރާން މީގެ ކުރިން ހުންނެވީ މާފުށީޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައެވެ. އެ ތަނަކީ ސިޔާސީ މަޤާމުތަކުގައި ތިއްބަވަނިކޮށް ހުކުމް އިއްވާފައި ތިބި މީހުން ތިބޭ ތަނެވެ.


މިއަދު އޮންލައިން