ތަޖުރިބާކާރު ޑިފެންޑަރ ޖޯން ޓެރީ 22 އަހަރު ޗެލްސީއަށް ކުޅުމަށް ފަހު އިނގިރޭސި ދެވަނަޑިވިޝަނުގެ އެސްޓަން ވިލާއާ ގުޅިއްޖެއެވެ.
ޢުމުރުން 36 އަހަރުގެ ޓެރީ އެސްޓަން ވިލާއާ ގުޅުނީ އެއްއަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަތަރު މިލިއަން ޕައުންޑަށެވެ.އަދި އެ ޓީމަށް ޕްރިމިއަރ ލީގުގެ ޖާގައެއް ލިބިއްޖެނަމަ ބޯނަހުގެ ގޮތުގައިދެ މިލިއަން ޕައުންޑް ދޭންވެސް އެކުލަބުން ވަނީ އެއްބަސްވެފަ ކަމުގައިރިޕޯޓްތައް ބުނެއެވެ.
ޓެރީއާ ހަވާލާދީ ރިޕޯޓް ތައް ބުނާގޮތުން އެސްޓަން ވިލާއަށް އޭނާބަދަލުވިއިރު ޕްރިމިއަރ ލީގުގެ ބޮޑެތި ގިނަ ކްލަބްތަކުން ޓެރީ ހޯދުމަށް ހުށަހެޅުން ތަށް ހުށައަޅާފައިވެއެވެ. ނަމަވެސް އޭނާ އެހުށަ އެޅުންތައް ޤަބޫލް ނުކުރީ ޗެލްސީއާ ދެކޮޅަށް ކުޅެން ބޭނުންނުވާތީކަމަށްވެސް ޓެރީ ވަނީ ބުނެފައެވެ.
" ބޮޑެތި ކުލަބުތަކުން ގިނަ ހުށަހެޅުންތަކެއް ލިބުނު. އެކަމަކު އަހަރެންބޭނުމެއް ނޫން ޗެލްސީއާ ދެކޮޅަށް ކުޅޭކަށް. އެހެންވުމުން އެ ހުށަހެޅުންތަށްގަބޫލް ނުކުރީ.،" ޓެރީ ބުންޏެވެ.
ޓެރީ ހޯދަން މަސައްކަތް ކުރި އިނގިރޭސި ޕްރިމިއަރ ލީގުގެ ތިން ކްލަބަކީ ބޯންމައުތު، ވެސްޓް ބްރޮމް އަދި ސްވަންސީ ސިޓީ އެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޓެރީ ބުނީ އޭނާ އެސްޓަން ވިލާއަށްބަދަލުވީ މުސާރައިގެ ވިސްނުމުގައި ނޫން ކަމަށާއި ކްލަބް އޮތް ހާލަތުގެގޮތުން ޓީމަށް އެހީވެދިނުމުގެ ޝައުގުވެރިކަން ހުރުމުން ކަމަށެވެ.
ޗެލްސީގެ ސީނިއަރ ޓީމަށް 1998 ވަނަ އަހަރު ކުޅެން ފެށި ޓެރީ ވަނީ އެކްލަބަށް ޖުމްލަ 713 މެޗު ކުޅެދީފަ އެވެ. މީގެ ތެރެއިން 578 މެޗު ކުޅެދިނީކެޕްޓަނުގެ ގޮތުންނެވެ.