ޕެޕޭ ތުރުކީގެ ބެސިކްޓަސްއާ ގުޅިއްޖެ.

ކިޔުމަށް ހޭދަވާނީ 1މ 9ސ
ޕެޕޭ ތުރުކީގެ ބެސިކްޓަސްއާ ގުޅިއްޖެ.
ސްޕެއިންއަށް ކުޅެމުންއައި ޕޯޗުގީޒް ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ، ތުރުކީގެ ބެސިކްޓަސްއާ ގުޅިއްޖެއެވެ.

ޕެޕޭ ބެސިކްޓަސްއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ތުރުކީގެ ލީގު ޗެމްޕިއަން ބެސިކްޓަސްއަށް ތަޖުރިބާކާރު ޑިފެންޑަރ ޕެޕޭ ބަދަލުވިއިރު އޭނާ ހޯދަން ބޮޑެތި ކުލަބުތަކަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފްރާންސްގެ ޕީއެސްޖީ އަދި އިންޓަ މިލާން އަދި އޭސީމިލާންފަދަ ކުލަބުތަށް ފާހަގަކޮށްލެވެއެވެ.

މިހާރު އުމުރުން 34 އަހަރުގެ ޕެޕޭ ސްޕެއިންގެ ރެއާލް ދޫކޮށްލީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުންނެވެ.

2007 ވަނަ އަހަރު ރެއާލްއާ ގުޅުނު ޕެޕޭ ވަނީ އެ ކްލަބަށް ގާތްގަނޑަކަށް 229 މެޗު ކުޅެދީ 13 ގޯލް ޖަހައިދީފައެވެ. އަދި ރެއާލް މެޑްރިޑާ އެކު ގިނަ ކާމިޔާބީތަކެއް ވެސް އޭނާ ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު 3 ފަހަރު ހޯދުމާއި ޗެމްޕިއަންސް ލީގު 3 ފަހަރު ހޯދުމާއި ފީފާ ކުލަބު ވޯލްޑްކަޕް 2 ފަހަރު ހޯދުމުގެ އިތުރުން ޔޫއެފާ ސުޕަ ކަޕެއްވެސް ވަނީ ހޯދާފައެވެ.

އަދި މީގެ އިތުރުން ސްޕެނިޝް ކަޕް ދެ ފަހަރު އަދި ސްޕެނިޝް ސުޕަކަޕެއްވެސް ވަނީ ހޯދާފައެވެ. ޕެޕެއަކީ ޕޯޗުގަލްގެ ގައުމީ ޓީމުގެވެސް މުހިންމު ކުޅުންތެރިއެކެވެ.
މިއަދު އޮންލައިން