ބާސެލޯނާގެ ކޯޗަކަށް އާނަސްޓޯ ވާލްޑޭވޭ ހަމަޖައްސައިފި.

ކިޔުމަށް ހޭދަވާނީ 1މ 55ސ
ބާސެލޯނާގެ ކޯޗަކަށް އާނަސްޓޯ ވާލްޑޭވޭ ހަމަޖައްސައިފި.
ސްޕެއިންގެ ބާސެލޯނާގެ ކޯޗަކަށް އާނަސްޓޯ ވާލްޑޭވޭ ހަމަޖައްސައިފިއެވެ.

ބާސެލޯނާގެ ކޯޗަކަށް އާނަސްޓޯ ވާލްޑޭވޭ ހަމަޖައްސާފައި މިވަނީ އެޓީމުގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އެ މަގާމުން އިސްތިއުފާ ދިނުމާއި ގުލިގެންނެވެ.

ކުރިން ބާސެލޯނާ އަށް ކުޅުނު ވަލްވޭޑޭ އެ ޓީމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ތިން އަހަރު ބާސެލޯގައި ހޭދަ ކުރުމަށްފަހު އެންރީކޭ އެޓީމު ދޫކޮށް ދިޔައިރު އޭނާ ވަނީ ބާސެލޯއަށް ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދަދީފައެވެ.

އެގޮތުން ތިން އަހަރަށް ފަހު ލުއިސް އެންރީކޭ ބާސެލޯނާ އިން ދިޔައިރު އޭނާ ވަނީ ނުވަ ތަށި އެ ޓީމަށް ހޯދައިދީފަ އެވެ.

އެންރީކޭ ވަކިވުމުން ބާސެލޯގެ ކޯޗަކަށް މިހާރު ހަމަޖައްސާފައިވާ ވަލްޑޭވޭ އާ ބެހޭގޮތުން ކޮންމެވެސް ވަރެއްގެ ފާޑުކިޔުންތަކެއްވެސް ދަނީ އަމާޒުވަމުންނެވެ. އެގޮތުން އޭނާއަށް އެންމެ ބޮޑަށް ފާޑުކިޔަމުންގެންދަނީ ސްޕެއިނުގެ ކުރީގެ ކުޅުންތެރިންނާއި ބާސެލޯނާގެ ލެޖެންޑުންނެވެ. އެގޮތުން އެފަރާތްތަށް ބުނަމުންގެންދަނީ ވަލްޑޭވޭ އަކީ ބާސާއަށް ކާމިޔާބީތަށް ހޯދަދެވޭނެ ކޯޗެއްނޫން ކަމަށެވެ.

އެހެން ނަމަވެސް އެފަރާތްތަކުގެ މި ފާޑުކިޔުންތަކަށް ބާސެލޯނާގެ ކުރީގެ ކޯޗު އަދި މިހާރު ސިޓީއަށް އިރުޝާދު ދެމުންދާ ޕެޕް ގޯޑިއޯލާ ވަނީ ރައްދު ދީފައެވެ. އެގޮތުން ގާޑިއޯލާ ބުނެފައިވަނީ ވަލްޑޭވޭ އަކީ މޮޅު ކޯޗެއް ކަމަށާއި އަދި އޭނާއަށް ބާސެލޯނާއަށް ކާމިޔާބީ ހޯދަދެވޭނެކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ބާސެލޯނާގައި ގިނަ މަޝްހޫރު ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިން ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ވަލްވޭޑޭގެ އެބަހުރި ކަމަށާއި ވަލްޑޭވޭ އަކީ ބާސާގައި މިހާރު އޮތް ޓީމު ގޮވައިގެން ކާމިޔާބީތަކާއި ހަމައަށް ވާސިލުކޮށްދެވޭނެފެންވަރުގެ ކޯޗެއްކަމަށެވެ.

ވަލްޑޭވޭ ބާސާގެ ކޯޗުކަމާއި ހަވާލުވީ ބިލްބާއޯގެ ކޯޗުކަމުގައި ހުރެފައެވެ. 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ވަލްޑޭވޭ އަށް ވަނީ ކޯޗިން ކެރިއަރުގައި އަދި މާ ބޮޑު ކާމިޔާބީއެއް ހާސިލް ނުކުރެވިއެވެ.

ބާސާއިން އަންނަނީ ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޓީމުން އަންނަނީ ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ އާއި ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަދި އާސެނަލްގެ ފުލްބެކް ހެކްޓަ ބެލެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިއަދު އޮންލައިން