ފްރާންސްގެ ލިޔޯންއަށް ކުޅެމުންއައި އިތުބާރު ފޯވާޑް ލަކަޒެޓް އާސެނަލްއަށް ބަދަލުވުމަށްޓަކާ ފުރިހަމަ ކުރަންޖެހޭ މެޑިކަލް ހަދެމަށްފަހު އެޓީމަށް ސޮއިކުރުމާއި ގާތަށް ގޮސްފިއެވެ.
ލިޔޯންއަށް ކުޅެމުންއައި ފްރާންސްގެ އިތުބާރު ފޯވާޑް ލަކަޒެޓް އާސެނަލްގެ މެޑިކަލް ފުރިހަމަކޮށްފައިވާއިރު މިއަދުގެ ވަގުތެއްގައި އޭނާ އާސެނަލްއަށް ސޮއިކުރާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.
މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ލަކަޒެޓް އާސެނަލްއަށް ސޮއިކުރާނީ 45 މިލިއަން ޕައުންޑަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިއީ މި އަގުގައި އާސެނަލްއަށް ކުޅުންތެރިއަކު ސޮއިކުރާ ފުރަތަމަ ފަހަރެވެ. އަދި އޭނާ ވެގެންދާނީ އާސެނަލްގެ އެންމެ އަގު ބޮޑު ކުޅޫންތެރިޔާއަށެވެ. މީގެ ކުރިން އާސެންލައި އެންމެ އަގު ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ހުރީ 42.4 މިލިއަން ޕައުންޑަށް އެޓީމާ 2013ވަނަ އަހަރު ގުޅުނު މެސުޓް އޮޒިލްއެވެ.
ލަކަޒެޓް އަކީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ވެސް އާސެނަލްއިން ހޯދަން މަސައްކަތް ކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިޔޯންއަށް ލުޅެދިން 45 މެޗުގައި 37 ގޯލު ކާމިޔާބުކޮށްފައެވެ.
ލަކަޒެޓް ވެގެންދާނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އާސެނަލްއަށް ގެންނަ ދެވަނަ ކުޅުންތެރިއާއަށެވެ. މީގެކުރިން އާސެނަލްއިން ވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ޝާލްކޭއަށް ކުޅެމުން އައި ޑިފެންޑަރު ކޮލަސިނަޗް ގެނެސްފައެވެ.
މީޑިއާ ރިޕޯޓްތަށް ބުނާގޮތުން ދެން އެންމެ އަވަހަށް އާސެނަލްއާއި ގުޅޭނީ ލެސްޓާ ސިޓީއަށް ކުޅެމުންއަންނަ ރިޔާދް މަހްރޭޒްއެވެ.