ލަކަޒެޓް އާސެނަލްއަށް ސޮއިކޮށްފި.
ލިޔޯންއަށް ކުޅެމުން އައި ފްރާންސްގެ އިތުބާރު ފޯވާޑް އެލެގްޒެންޑާ ލަކަޒެޓް އާސެނަލްއަށް ސޮއިކޮށްފިއެވެ.
ޢުމުރުން 26 އަހަރުގެ ލަކަޒެޓް އާސެނަލްއަށް ސޮއިކުރީ ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 46.5 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ލަކަޒެޓް އާސެނަލްއަށް މި އަގުގައި ސޮއިކުރުމާއި އެކު އޭނާ ވެގެން ގޮސްފައިވަނީ އާސެނަލްއަށް މިހާތަނަށް އެންމެ ބޮޑު އަގެއްގައި ސޮއިކުރި އަމައެކަނި ކުޅުންތެރިއާއަށެވެ. މީގެ ކުރިން އާސެނަލްގައި އެންމެ އަގުބޮޑު ކުޅޫންތެރިއެއްގެ ގޮތުގައި ހުރީ މެސުޓްއޮޒިލްއެވެ.
އޮޒިލް 2013ވަނަ އަހަރު އާސެނަލްއަށް ސޮއިކޮށްފައިވަނީ 42.4 މިލިއަންޕައުންޑްގެއަގަކަށެވެ.
އާސެނަލްއަށް ބަދަލުވުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަމުން ލަކަޒެޓް ބުނީ އާސެނަލްއަށް ކުޅުމަކީ އަބަދުވެސް ދެކެމުންއައި ހުވަފެނެއްކަމަށާއި އެކަން ހަގީގަތަކަށް ވުމުން އުފާކުރާކަމަށެވެ.
" އާސެނަލް ކަހަލަ ވަރުގަދަ ޓީމަކަށް ކުޅެލަން ލިބުމަކީ ލިބޭ އުފަލެއް އަދި ހިންހަމަ ޖެހުމެއް. މިއީ އަހަރެން އަބަދުވެސް ދެކޭ ހުވަފެނެއް."ލަކަޒެޓް ބުންޏެވެ.
ލަކަޒެޓް ބުނީ އޭނާ ދެކޭގޮތުގައި އިނގިރޭސިވިލާތުގަ އެންމެ ރީތި ފުޓްބޯޅައެއް ކުޅޭ ކްލަބަކީ އާސެނަލްއެވެ. އެހެން ކަމުން އަބަދުވެސް އާސެނަލްއަށް ކުޅުމުގެ ޝައުގުވެރިކަން ހުންނަކަމަށް އޭނާ ބުންޏެވެ.
: އާސެނަލް އަކީ މޮޅު އަދި ރީތި ފުޓްބޯޅަ އެއް ކުޅޭ ކުލަބެއް. އެހެން ކަމުން އަހަރެން އަބަދުވެސް އައީ އާސެނަލް އަށް ކުޅުމަށް ހިއް އެދެމުން." ރެކޯޑް އަގެއްގައި އާސެނަލްއަށް ސޮއިކުރި ލަކަޒެޓް ބުންޏެވެ.
ލިޔޯންގެ ކުރީގައި އެންމެމުހިއްމުދައުރެއްއަދާކުރިކުޅުންތެރިއަކީލަކަޒެޓްކަމަށްވާއިރު،އޭނާވަނީމިދިޔަސީޒަނުގައި،އެކްލަބަށްކުޅެދިން 45 މެޗުގައި 37 ގޯލު ކާމިޔާބުކޮށްފައެވެ.
ލަކަޒެޓް އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އާސެނަލްއަށް ގެނައި ދެވަނަ ކުޅުންތެރިއާއެވެ. މީގެކުރިން އާސެނަލްއިން ގެނެސްފައިވަނީ ވަނީ ޝާލްކޭއަށް ކުޅެމުން އައި ޑިފެންޑަރު ކޮލަސިނަޗްއެވެ.
ރިޕޯޓްތަށް ބުނާގޮތުން ދެން އެންމެ އަވަހަށް އާސެނަލްއާއި ގުޅޭނީ ލެސްޓަރ ސިޓީގެ ތަރި ރިޔާދް މަހްރޭޒް އެވެ.