ޒުވާން ޑިފެންޑަރ ތިއޯ ހަނާންޑޭޒް ރެއާލްއަށް ބަދަލުވެއްޖެ
ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ޑިފެންޑަރ ތިއޯ ހަނާންޑޭޒް ސްޕެއިން އާއި ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.
ޢުމުރުން 19 އަހަރުގެ ޒުވާން އުންމީދީ ޑިފެންޑަރ ތިއޯ ހަނާންޑޭޒް ރެއާލްއަށް ބަދަލުވީ 6 އަހަރުގެ އެއްބަސްވުމުގެ ދަށުން 22.8 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ތިއޯ ހަނާންޑޭޒް ރެއާލްއަށް ބަދަލުވިއިރު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ގެނައުމަށް މެންޗެސްޓަރ ސިޓީން ވެސް މަސައްކަތް ކޮށްފައިވެއެވެ.
ތިއޯ ހަނާންޑޭޒް ރެއާލްއަށް ބަދަލުވުމުން އެ ކްލަބުން ވަނީ ތަޖުރިބާކާރު ޑިފެންޑަރ ފަބިއޯ ކޮންޓްރާއޯ ލޯނެއްގެ ދަށުން ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއަށް ދޫކޮށްފައެވެ. އަދި މީގެ ދެދުވަސްކުރިން އެޓީމުގެ އިތުބާރު ޑިފެންޑަރ ޕެޕޭވެސް ވަނީ ރެއާލް ދޫކޮށް ތުރުކީގެ ބެސިކްޓަސް އާ ގުޅިފައެވެ. މި ދެކުޅޫންތެރިންނަކީވެސް ރެއާލްގައި މޮޅު ކުޅުމެއް ދައްކާފައިވާ ދެކުޅުންތެރިންނެވެ.
ޕެޕޭ ވަނީ ރެއާލް އަށް 229 މެޗު ކުޅެދީ 13 ގޯލް ޖަހާފައެވެ. އަދި ކޮންޓްރާއޯ ވަނީ ރެއާލްއަށް 106 މެޗު ކުޅެދީ އެއް ގޯލް ޖަހާފައެވެ.
އެތްލެޓިކޯގެ ޔޫތް ޓީމުން ވިދާލި ތިއޯ ހަނާންޑޭޒް އެ ކްލަބުގެ ސީނިއާ ޓީމަށް މެޗެއް ކުޅެދީފައިނުވާއިރު، މިދިޔަސީޒަނުގައިލޯނެއްގެދަށުންއޭނާކުޅުނީއަލަވޭސްއަށެވެ. އެކްލަބަށްއޭނާވަނީ 38 މެޗުމިދިޔަސީޒަނުގައިކުޅެދީފައެވެ.