އެތްލެޓިކޯ މެޑްރިޑުގެ އެއްބަސްވުން ފެނާންޑޯ ޓޯރޭޒް އާކޮށްފި.
ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.
ފެނާންޑޯ ޓޯރޭޒް އެތްލެޓިކޯ މެޑްރިޑާއެކު މިފަހަރު ސޮއިކޮށްފައިވަނީ އިތުރު އެއް އަހަރު އެކުލަބުގައި މަޑުކުރާ ގޮތަށެވެ.
އެތްލެޓިކޯ މެޑްރިޑުން ޓޯރޭޒް ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް މީޑިއާގައި ފެތުރިފައި ވަނިކޮށް އިތުރު އެއް އަހަރު އޭނާ އެތްލެޓިކޯގައި މަޑުކުރަން ނިންމިމއިރު ޓޯރޭޒް ހޯދުމަށް ގިނަ ކުލަބުތަކަކުން މަސައްކަތް ކޮށްފައިވާކަމަށް ރިޕޯޓްތަށް ބުނެއެވެ.
އެގޮތުން އޭނާ ހޯދުމަށް މެކްސިކޯ އާއި ޗައިނާ އަދި އެމެރިކާގެ ބައެއް ކްލަބްތަކުން މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ.
މިހާރު އުމުރުން 33 އަހަރުގެ ޓޮރޭޒް އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެޓްލެޓިކޯގެ ރަސްމީ ސައިޓަށް ދިން އިންޓަވިއުއެއްގައި ބުނީ އިތުރު އެއް އަހަރު އަނެއްކާވެސް މަޑުކުރަން ޖެހުމުން އޭނާ ވަރަށް އުފާވާ ކަމަށާއި، ކްލަބާއެކު އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށެވެ.
ޓޯރޭޒް ވަނީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ޔޫރަޕްގެ މަސްހޫރު ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން އޭނާ މިހާރު ކުޅޭ ކުލަބުގައި ކެރިއަރު ފެށިއިރު އޭނާވަނީ ލިވަޕޫލް އަދި ޗެލްސީ ، އޭސީ މިލާން ފަދަ ބޮޑެތި ކުލަބުތަކަށް ކުޅެ މޮޅުކުޅުމެއް ދައްކާފައެވެ.
އެގޮތުންއެތްލެޓިކޯމެޑްރިޑަށް 244 މެޗުކުޅެދީފައިވާއިރުއޭނާވަނީ 91 ގޯލްވެސްޖަހައިދީފައެވެ. އަދިލިވަޕޫލަށް 142 މެޗުކުޅެދިންއިރު އޭނާ ވަނީ 81 ގޯލް ޖަހައިދީފައެވެ. އަދި ޗެލްސީއަށް 172 މެޗު ކުޅެދިންއިރު 45 ގޯލްޖަހާފައިވެއެވެ. އޭނާ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސްލީގު،ޔޫރޮޕާލީގުއަދިއެފްއޭކަޕްވެސްކާމިޔާބުކޮށްފައެވެ.
ޗެލްސީ ދޫކޮށްލުމަށްފަހު އެޓްލެޓިކޯ އަށް އަނެއްކާވެސް ޓޮރޭޒް ބަދަލުވީ މިދިޔަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 115 މެޗުގައި 28 ގޯލް ކާމިޔާބުކޮށްފައެވެ.
2001 ވަނަ އަހަރު ކެރިއަރު ފެށި ޓޯރޭޒް ވަނީ ސްޕެއިންގެ ގައުމީޓީމާއެކު ފީފާ ވޯލްޑްކަޕެއްގެ އިތުރުން ދެ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިުޔާބުކޮށްފައެވެ.