ދޯންޏަކަށް އަރުވައިގެން ވަގަށް ސައިކަލުތަކެއްއެމްޕީއެލް އިން ބޭރުކުރި މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ދޯންޏަކަށް އަރުވައިގެން ވަގަށް ސައިކަލުތަކެއްއެމްޕީއެލް އިން ބޭރުކުރި މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފި
ދޯންޏަކަށް އަރުވައިގެން ވަގަށް ސައިކަލުތަކެއްއެމްޕީއެލް އިން ބޭރުކުރި މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖެ އެތެރެކުރި ރޭސިން ސައިކަލްތަކެއް ބަނދަރަށް ބޭލުމަށް ފަހު، އެ ސައިކަލްތައް ދޯންޏަކަށް އަރުވައިގެން ވަގަށް ބޭރުކުރި މައްސަލައެކެވެ.

މި ކަންތައް ހިނގާފައިވަނީ މިދިޔަ ރޯދަމަހުގެ ކުރިން، އެއް ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އެކަމުގައި 300 ސައިކަލު ވަގަށް ބޭރުކުރަން އުޅެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަދި އެ މައްސަލާގައި އެ އެމްޕީއެލްގެ ބައެއް މުވައްޒަފުންވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އެވަގުތު ޑިއުޓީގައި ތިބި ބައެއް ސެކިއުރިޓީންނާއި ކްލިއަރެންސް ސެކްޝަންގެ ޑިއުޓީގައި ތިބި މުއައްޒަފުން ހިމެނޭ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އެމްޕީއެލް އިން ބުނީ އެ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާތީ އިތުރަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

މިއަދު އޮންލައިން