ވަރލްޑް ޖަސްޓިސް ފޯރަމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ބައިވެރިވެއްޖެއެވެ.
އިއްޔެއިން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެނިޔަލަށް ނެދަލެންޑްސްގެ ދަ ހޭގް ގައި ކުރިއަށްދާ މިފޯރަމްގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެރައީސް ޙަސަން ލުޠުފީއެވެ.
މިއީ ޤާނޫނުތައް ތަންފީޒުކުރުމުގެދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތަޖުރިބާހިއްސާ ކުރުމާއި މަސައްކަތުގެ މާޙައުލުގައި ގެންގުޅޭ އެކިއެކިސިޔާސަތުތަކުގެ މަޢުލޫމާތު ހިއްސާ ކުރުމުގެ މަޤުޞަދުގައި ބާއްވާ ފޯރަމެކެވެ.
މީގެ އިތުރުން އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށްމަސައްކަތުގެ މާޙައުލުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާމެދުމަޝްވަރާކޮށް ހަމަހަމަ ކަމާއި އަމާން ކަމާއެކު ޤާނޫނީ ވާޖިބުތައްއަދާކުރެވޭނެ ފަދަ މާހައުލެއް ބިނާކުރުމަށް ކުރެވިދާނެކަންތައްތަކާމެދު މިފޯރަމުގައ ޚިޔާލު ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މިއީ މިފަދަ ފަސްވަނަ ފޯރަމެވެ.