ޑޮގްލާސް ކޯސްޓާ ޔުވެންޓަސްއަށް

ކިޔުމަށް ހޭދަވާނީ 1މ 28ސ
ޑޮގްލާސް ކޯސްޓާ ޔުވެންޓަސްއަށް
ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންއައި ބްރެޒިލް ވިންގަރ ޑަގްލަސްކޯސްޓާ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވުމާއި ގާތަށް ގޮސްގައިވާކަމަށްމީޑިއާ ރިޕޯޓުތަށް ބުނެފިއެވެ.

ޔޫވެންޓަސްއާއި ހަވާލާދީ ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރި ގޮތުގައި މިހާރު ދެފަރާތުންވެސް ވަނީ އެއްބަސްވުމަކާއި ގާތަށް ގޮސްފައެވެ.

މީގެ ކުރިން ކޯސްޓާ ހޯދުމަށް ޔުވެންޓަސްއިން މަސައްކަތް ކުރިނަމަވެސްމިހާތަނަށް ދެ ކްލަބަށް އޮތީ އެއްބަސްވުމަކާއި ހަމައަށް ނާދެވިއެވެ.

ސްކައިއިން ރިޕޯޓްކުރި ގޮތުގައި ޔުވެންޓަސްގެ ގިސެއްޕޭ މަރޯޓާ މިއަދުގެވަގުތެއްގައި ޖަރުމަނަށް ގޮސް އެއްބަސްވުމުގައި ނުނިމިހުރި ކަންތަށް ނިންމާފައިނަލް ކުރާނެއެވެ.އަދި މާދަމާގެ ވަގުތެއްގައި ކޯސްޓާ އިޓަލީ އަށް ގޮސް ފުރިހަމަ ކުރަން ޖެހޭ މެޑިކަލް ފުރިހަމަ ކުރާނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ދެ ފަރާތުން އެއްބަސްވެފައިވަނީ ހަ މިލިއަން ޔޫރޯގެ ލޯން އެއްބަސްވުމެއްގެ ދަށުން ކޯސްޓާ ގެންދިއުމަށެވެ.އަދި ލޯނުގެ މުއްދަތު ހަމަވުމުން 40 މިލިއަން ޔޫރޯ އަށް ކޯސްޓާ ގަތޔމަށެވެ.

ކޯސްޓާ ބަޔާން ދޫކޮށްލަން ބޭނުންވީ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން އުނދަގޫ ކަމުންކަމުގައި އޭނާ ހާމަކުރެއެވެ.

އޭނާ ވަނީ އެތައް ފަހަރަކު ބަޔާން މިއުނިކުން އެކަށީގެންވާ ވަގުތު ނުލިބޭތީހިތްހަމަނުޖެހޭކަމަށް އެ ކުލަބުގައި ޝަކުވާވެސް ކޮށްފައެވެ.

މިދިޔަ ސީޒަނުގައި އޭނާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އެންމެ 14 މެޗުގައި ކުޅުމަށެވެ.

2015 ވަނަ އަހަރު ބަޔާންއާއި ގުޅުނު ކޯސްޓާ ވަނީ ކުރިން ޗެލްސީ އާ ގުޅުމަށްވެސް މަސައްކަތް ކޮށްފައެވެ.

އޭނާ ބަޔާންއާއި ގުޅުނީ ޝަކްތާ ޑޮނެސްޓްކް އިން 30 މިލިއަން ޔޫރޯ އަށެވެ.އޭނާ ބުނިގޮތުގައި ޔުވެންޓަސް އަކީ އޭނާއަށް ފުރުސަތު ލިބޭނެވަރު ޓީމެކެވެ. އަދި ކާމިޔާބީތަށްވެސް ހޯދޭނެވަރުގެ ޓީމެއް ކަމަށެވެ.
މިއަދު އޮންލައިން