ދުނިޔޭގެ އެންމެ ޒުވާން އަންހެން ގޮލްފު ޗެމްޕިއަންގެ ޝަރަފް ތައިލެންޑުގެ އަތާޔާ ތިޓިކުލް ހޯދައިފިއެވެ.
އޭނާއަށް މި ޝަރަފް ލިބުނީ ލޭޑީސް ޔޫރަޕިއަން ތައިލެންޑް ޗެމްޕިއަންޝިޕް 2017 ކާމިޔާބުކުރުމުންނެވެ. އަދި އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޭނާގެ ޢުމުރުން އެންމެ 14 އަހަރުގައެވެ.
ޢުމުރުން އެންމެ 6 އަހަރުގައި ގޮލްފު ކުޅެންފަށާފައިވާ އަތާޔާ ލޭޑީސް ޔޫރަޕިއަން ތައިލެންޑް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދީ އަނާ މެހެންޑެޒް އާބައްދަލުކޮށްގެންނެވެ.