އިނގުރައިދޫ ދާއިރާގެ މެމްބަރަށް ރިޝްވަތު ހުށަހެޅުއްވިކަމަށް ބުނާ މައްސަލައެއް އަދިހުށަހަޅާފައެއް ނެތް: ފުލުހުން

ކިޔުމަށް ހޭދަވާނީ 1މ 5ސ
އިނގުރައިދޫ ދާއިރާގެ މެމްބަރަށް ރިޝްވަތު ހުށަހެޅުއްވިކަމަށް ބުނާ މައްސަލައެއް އަދިހުށަހަޅާފައެއް ނެތް: ފުލުހުން
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރަށް ރިޝްވަތު ހުށަހެޅުއްވިކަމަށް ބުނާ މައްސަލައެއް އަދިހުށަހަޅާފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދުނޫހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް އެ އިދާރާއަށް އަދިމިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހާ ދެކޮޅަށް ހުށަހާޅާފައިވާއިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރުމަށް އިދިކޮޅު ފަރާތްތަކުން އޭނާއަށް 32މިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީލީޑަރުކަންވެސް ކުރަމުން އަންނަ ފަލާޙު ވިދާޅުވީ މިހާރު މަޖިލީހަށް ވައްދާފައިވާ މަސީހުގެ އިތުބާރު ނެތްކަމުގެމައްސަލައިގާ ސޮއިކޮށްފައި ތިބި ގިނަ މެމްބަރުންނަކީ އަމިއްލަ މަންފާއަށްސޮއިކޮށްފައި ތިބި ބައެއް ކަމަށެވެ. އަދި އެއްވެސް ހާލެއްގައި މަސީހުގެމައްސަލައެއް އޮވެގެން ސޮއިކުރި ބައެއް ނޫން ކަމަށެވެ.

ދަރުބާރުގޭގައިބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހުވިދާޅުވީ އިދިކޮޅުފަރާތްތަކުން އޭނާއަށް ރިޝްވަތު ހުށައެޅުއްވި މައްސަލަ ކަމާބެހޭފަރާތްތަކަށް ހުށައަޅާފައިވާނެ ކަމަށެވެ.

އެހެންނަމަވެސްރިޝްވަތު ހުށައެޅުއްވި ފަރާތްތަކުގެ އަދި މައްސަލަ ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތަފްޞީލެއްއޭނާ ނުދެއްވައެވެ.
މިއަދު އޮންލައިން