އެމްޑީޕީން ވަކިކުރުމުން މިނިވަން މެންބަރެއްގެ ގޮތުގައި ހުރި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ޕީޕީއެމް އާއި ގުޅިއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މޫސާ މަނިކުގެ ފޯމާއި ހަވާލުވެވަޑައިގަތީ ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޢަބްދުﷲ ޔާމީނެވެ.
ޕީޕީއެމް އާއި މޫސާ މަނިކު ގުޅުމުން ރައީސް ޢަބްދުﷲ ޔާމީން ވަނީ މޫސާ މަނިކަށް މަރުހަބާ ވިދާޅުވިއެވެ.
މޫސާ މަނިކަކީ ދިގު މުއްދަތެއްގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގައި މަސައްކަތްކުރުމުގެ އިތުރުން އެމްޑީޕީގެ އިސް މަޤާމުތަކެއް ފުރާފައިވާ މެންބަރެކެވެ. މޫސާ މަނިކު މިހާރު ހުރީ މަޖިލީހުގެ ނައިބް ރައީސްގެ މަޤާމުގައެވެ.