ރޮނާލްޑޯ ޔުނައިޓެޑަށް ގެނައުމަށް މާލީ ހާލަތު ތަނެއް ނުދޭ: މޮރީނިއޯ

ކިޔުމަށް ހޭދަވާނީ 1މ 52ސ
ރޮނާލްޑޯ ޔުނައިޓެޑަށް ގެނައުމަށް މާލީ ހާލަތު ތަނެއް ނުދޭ: މޮރީނިއޯ
ޕޯޗުގަލްއާއި ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމަށް މާލީހާލަތު ތަންނުދޭކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ މިހެން ބުނެފައި މިވަނީ ނޫސްވެރިންނާއެކު ބޭއްވިބައްދަލުވުމެއްގައޮ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

މި ސުވާލަށް ޖަވާބުދެމުން މޮރީނިއޯ ބުނީ ރޮނާލްޑޯ ފަދަ އަގުބޮޑު ކުޅުންތެރިއަކު މިވަގުތު ގެނައުމަށް ޔުނައިޓެޑުގެ މާލީ ހާލަތު ތަން ނުދޭކަމަށާއި އެކަން ކުރުމުގެ އެއްވެސް ފުރުސަތެއް ހާލްތު ތަން ނުދޭކަމަށެވެ.

މޮރީނިއޯ ބުނީ ރޮނާލްޑޯ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ގެނައުމަކީ އެއްވެސް ކުލަބަކަށް ވާނެކަމެއްކަމަށް ގަބޫލް ނުކުރެވޭކަމަށެވެ.

"ރޮނާލްޑޯ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގު ބޮޑު ކުޅުންތެރިޔާ. އޭނާ ދޫކުރަން ރެއާލްއިން ކިޔަނީ ލާހިކު އަގެއްނޫން. އެހެން ކަމުން އެކަން އަހަރުމެނަށް ވާކަން ނެއް. އަދި ހިޔެއް ނުވޭ ރޮނާލްޑޯ ގެނައުމަކީ އެއްވެސް ކުލަބަކަށް ކުރެވިދާނެ ކަމެއް ހެނެއް." މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ވާން ނެތް ކަމެއް ކުރުވުމުގައި ކްލަބުގެ ވަގުތު ބޭކާރުކުރުވާކަށް ބޭނުމެއް ނެތްކަމަށާއި ރޮނާލްޑޯ އަކީ އޭނާގެ ކްލަބަށް ވަރަށް މުހިއްމު ކުޅުންތެރިއެއްކަމަށެވެ. އަދި ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް އެހެން ކުަލަބަކަށް ހިގައިދާނެކަމަކަށް ގަބޫލެއްވެސް ނުކުރެވޭކަމަށް މޮރީނިއޯ ބުންޏެވެ.

ޓެކްސް އަށް މަކަރުހެދި ކަމުގެ ދައުވާކުރުމާ ގުޅިގެން ރޮނާލްޑޯ ސްޕެއިން ދޫކޮށްލަން ނިންމާފައިވާ ކަމަށް މިދިޔަ މަހު ވަނީ މީޑިއާ ތަކުގައި އަޑު ފެތުރިފައެވެ. އެއާ އެކު ރޮނާލްޑޯ ކުރީގެ ކްލަބް ޔުނައިޓެޑަށް އެނބުރި ގޮސްދާނެ ކަމަށް ރިޕޯޓްތަށް ބުނަމުންގެންދިޔައެވެ.

މެންޗެސްޓާ ޔުނައިޓެޑަށް 2003 އިން 2009 އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ހުނަރުވެރި ފޯވާޑް ހޯދުމަށް ގިނަ ކުލަބުތަކަކުންޝައުގުވެރިވެއެވެ.

ޔުނައިޓެޑުން ދެން އިތުރަށް މަސައްކަތް ކޮސްފައިވަނީ ރެއާލްގެ އަލްވާރޯ މޮރާޓާވެސް ހޯދުމަށް މަސައްކަތް ކޮށްފައެވެ.

އެހެން ނަމަވެސް މޮރީނިއޯ ވަނީ ރެއާލް މެޑްރިޑުގެ ފޯވާޑް އަލްވާރޯ މޮރާޓާ ވެސް އެ ކްލަބަށް ލިބިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފަ އެވެ. އަދި ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ގެނެސްފައިވާތީއާ އިތުރު ކުޅުންތެރިޔަކު ޔުނައިޓެދަށް ގެނައުމަކީ އުނދަގޫ ކަމެއްކަމުގައިވެސް މޮރީނިއޯ ވަނީ ބުނެފައެވެ.
މިއަދު އޮންލައިން