އަލްވާރޯ މޮރާޓާ އޭސީ މިލާނަށް ބަދަލުވުމާއި ގާތަށް ޖެހިލައިފި.

ކިޔުމަށް ހޭދަވާނީ 1މ 8ސ
އަލްވާރޯ މޮރާޓާ އޭސީ މިލާނަށް ބަދަލުވުމާއި ގާތަށް ޖެހިލައިފި.
ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ ހުނަރުވެރި ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ އިޓަލީގެ އޭސީ މިލާނަށް ބަދަލުވުމާއި ފިޔަވަޅެއް ގާތަށް ޖެހިލައިކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

އިޓަލީގެ މަސްހޖޫރު ނޫހެއް ކަމުގައިވާ ގަޒެއްޓޯ ޑެލޯ ސްޕޯޓްސްއިން ރިޕޯޓް ކުރި ގޮތުގައި މޮރާޓާ ވަރަށް އަވަހަށް މިލާނަށް ސޮއިކުރާނެއެވެ.

ރޮޕޯޓް ބުނާގޮތުން ރެއާލް މެޑްރިޑާއި މިލާނާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކާއި ހަމައަށް އާދެވިފައެވެ. އެހެން ކަމުން ދާދި އަވަހަށް މޮރާޓާ މިލާނަށް ބަދަލުވުމުގެ ހުރިހާކަމެއް ވެސް ނިމޭނެއެވެ. އަދި މިލާންގެ މެޑިކަލްވެސް އޭނާ މިއަދުގެ ވަގުތެއްގައި ހަދާނެ ކަމަށްވެސް މި ރިޕޯޓްގައިވެއެވެ.

މިހާރު އުމުރުން 24 އަހަރުގެ މޮރާޓާ ހޯދުމަށް މީގެ ކުރިން އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެހެން ނަމަވެސް ރެއާލްއިން މޮރާޓާ ވިއްކަން ކިޔާ އަގު ބޮޑުވުމުން ޔުނައިޓެޑުން މިހާރުވަނީ އެމަސައްކަތް ހުއްޓާށލާފައެވެ.

ރިޕޯޓް ބުނާގޮތުން މޮރާޓާ މިލާނަށް ބަދަލުވާނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން 61 މިލިއަން ޕައުންޑަށެވެ.

މީޑިއާ ރިޕޯތޓްތަށް މިހެން ބުނެފައިވާއިރު މޮރާޓާ ހޯދުމަށް ޗެލްސީ އަދި ޕީއެސްޖީވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މޮރާޓާ ރެއާލް ދޫކޮށްލަނީ އޭނާއަށް އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަނުލިބޭތީ ކަމުގައިވެސް މި ރިޕޯޓްގައިވެއެވެ.

މޮރާޓާ ވަނީ މީގެ ކުރިން އިޓަލީގެ ޖުވެންޓަސްއަށްވެސް ކުޅެ ގިނ ކާމިޔާބީތަކެއްވެސް ހޯދާފައެެވެ.
މިއަދު އޮންލައިން