ވިމްބަލްޑަން ޓެނިސް މުބާރާތް 8 ވަނަ ފަހަރަށް ސްވިޒަލެންޑުގެ ރޮޖަރ ފެޑެރާ ހޯދައިފިއެވެ.
އޭނާ މިއަހަރުގެ މުބާރާތް ކާމިޔާބުކުރީ ކްރޮއޭޝިއާގެ މަރިން ސިލިޗްގެ މައްޗަށް 6-3 6-1 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.
މިކާމިޔާބާއެކު ފެޑެރާ ވަނީ ރެކޯޑެއްވެސް ޤާއިމްކޮށްފައެވެ. އެގޮތުން ކެރިއަރުގައި ކާމިޔާބުކުރި 19 ވަނަ ގްރޭންޑްސްލޭމްމުބާރާތަށްވާ އިރު، މި ކާމިޔާބީއާ އެކު ޢުމުރުން 35 އަހަރުގެ ފެޑެރާވެފައިވަނީ އޯޕަން ވިމްބަލްޑަން ކާމިޔާބުކުރި އެންމެ ދުވަސްވީކުޅުންތެރިއާގެ ޝަރަފްވެސް ހޯދާފައެވެ.
މިއީ 2012 ވަނަ އަހަރަށް ފަހު ފެޑެރާ މި މުބާރާތް ކާމިޔާބުކުރި ފުރަތަމަފަހަރެވެ.