އިންގްލެންޑުގެ ކުރީގެ ގޯލްކީޕަރ ޕައުލް ރޮބިންސަން ފުޓްބޯޅަ ކުޅުމުން ރިޓެއަރކޮށްފިއެވެ.
ޢުމުރުން 37 އަހަރުގެ ޕައުލް (ޕޯލް) އެކަން އިޢުލާންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި އޭނާ ބުނެފައިވަނީ މިއީ ކުޅުން ހުއްޓާލަން އެންމެރަނގަޅު ވަގުތު ކަމަށެވެ.
އޭނާވަނީ އިނގިރޭސި ޤައުމީ ޓީމަށް 500އަށްވުރެ ކުޅެދީފައެވެ. އަދި ބަރންލޭ ޕްރެމިއަރ ލީގު 3 ފަހަރަށް ކާމިޔާބުކުރުމުގައި އެހީތެރިވެދީފައެވެ.
ޓޮޓެންހަމް، ބްލެކްބަރން އަދި ބަރންލޭއަށް ކުޅެފައިވާ ޕޯލް ވަނީ 2003 އަދި 2007 ގައި ޤައުމީ ޓީމަށް ކުޅެ، 2006 ވަނަ އަހަރުގެ ވަރލްޑް ކަޕުގައި އިންގްލެންޑުގެ ޤައުމީ ޓީމުގެ ގޯލް ބަލަހައްޓާފައެވެ.