ޗެލްސީގެ އެއްބަސްވުން ކޮންޓޭ އާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 34ސ
ޗެލްސީގެ އެއްބަސްވުން ކޮންޓޭ އާކޮށްފި

ޗެލްސީގެ އެއްބަސްވުން އެޓީމުގެ މިހާރުގެ ކޯޗު އޮންޓޯނިއޯ ކޮންޓޭ އާކޮށްފިއެވެ.

ކޮންޓޭ ޗެލްސީގެ އެއްބަސްވުން މިފަހަރު އާކޮށްފައިވަނީ ދެ އަހަރު ދުވަހަށެވެ. އާ އެއްބަސްވުމެއްގައި ކޮށްޓޭ ސޮއިކޮސްފައިވާއިރު އޭނާ ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2019 ވަނައަހަރުގެ ނިޔަލަށެވެ.

ކޮންޓޭގެ މިއަދު ޗެލްސީގެ އާ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މި އެއްބަސްވުމާއި އެކު އޭނާގެ މުސާރަވެސްވަނީ ޗެލްސީން ބޮޑުކޮށްދީފައެވެ. އެގޮތުން މި އެއްބަސްވުމާއެކު ކޮންޓޭއަށް އަހަރަކު 9.5 މިލިއަން ޕައުންޑް ލިބޭނެއެވެ. އެހެން ކަމުން ކޮންޓޭ ވެގެން ގޮސްފައިވަނީ ޗެލްސީގެތާރީހުގައިވެސްއެންމެމުސާރަބޮޑުކޯޗަށެވެ.

ޗެލްސީގެ އެއްބަސްވުން އާކުރުމަށްފަހު ނިމިގެން ދިޔަ އަހަރުގެ ޕްރިމިއާ ލީގު ތަށި ޗެލްސީއަށް ހޯދަދިން ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ޗެލްސީއާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރެވުމުން އެކަމާ އުފާކުރާކަމަށާއި އިތުރަށް ޗެލްސީއަށް ކާމިޔާބުތަށް ހޯދައިދޭން ބޭނުންވާކަމަށެވެ.

އަދި ބުރަކޮށް މަސައްކަތް ކޮޕށްގެން ނަތީޖހާ ނެރެވޭނެ ކަމަށާއި އެގޮތުން ނިމިގެން ދިޔަ އަހަރު ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ހޯދާފައިވާނޭކަމަށެވެ. އެހެން ކަމުން އެފަދަ ކާމިޔަބީއެއް އިތުރަށް ހޯދާ އެގޮތުގައި ދެމި ތިބުމަށް މަސައްކަތް ކުރާނެކަމަށްވެސް ކޮންޓޭ ބުންޏެވެ.

އަންނަ ސީޒަނަށް ޗެލްސީގެ ސްކޮޑު އިތުރަށް ވަރުގަދަކުރުމަށް ކޮންޓޭ ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ތިން ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ މޮނާކޯއަށް ކުޅެމުން އައި މިޑްފީލްޑަރު ޓިއެމޫ ބަކަޔޯކޯ އާއި ރޯމާއަށް ކުޅެމުން އައި ޑިފެންޑަރު، އެންޓޯނިއޯ ރުޑިގާ އާއި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ގޯލްކީޕަރު، ވިލީ ކަބަލޭރޯއެވެ.
މީގެއިތުރުން ވެސް ޓީމު ވަރުގަދަ ކުރުމަށް ކޮންޓޭ ދަނީ އަދިވެސް އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ

މިއަދު އޮންލައިން