ސްޕެއިންގެ އެފްއެފްގެ ރައީސް އެންހެލް މާރިއާ ވިލާއާއި އޭނާގެ ދަރިފުޅު ގޯކާ ވިލާ ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 35ސ
ސްޕެއިންގެ އެފްއެފްގެ ރައީސް އެންހެލް މާރިއާ ވިލާއާއި އޭނާގެ ދަރިފުޅު ގޯކާ ވިލާ ހައްޔަރު ކޮށްފި


ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ގެ ރައީސް ކަމުގައިވާ އެންހެލް މާރިއާ ވިލާ އާއި އޭނާގެ ދަރިފުޅު ގޯކާ ވިލާ ހައްޔަރު ކޮށްފި އެވެ.
ސްޕެއިންގެ ގާޑިއާ ސިވިލް އިން ނެރުނު ބަޔާނެއްގައި ސްޕެއިންގެ ހައި ކޯޓް ފަނޑިޔާރު ސެންތިއާގޯ ޕެޑްރަޒް އާ ހަވަލާދީ ބުނެފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިލާ އާއި އޭނާގެ ދަރިފުޅު ކޯޓުގެ އަމުރަށް ސްޕެއިންގެ ފުލުހުން ހައްޔަރު ކޮށްފައިވާކަމަށެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އަދި އޭނާގެ ދަރިފުޅުޅުގެ އިތުރުން އެ ފެޑެރޭޝަނުގެ އިތުރުން އިތުރު ދެ ބެމްބަރަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އޭގެތެރޭގައި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ވައިސް ޕްރެސިޑެންޓް ޖުއާން ޕެޑްރޯ، ފެޑެރޭޝަން ސެކްރެޓަރީ ރާމޮން ހެނާންޑޭޒް އެވެ.
ކޮރަޕްޝަންގެ ކުށުގައި ހައްޔަރު ކޮސްފައިވާ ސްޕއެިން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އެންހެލް މާރިއާ ވިލާ އަކީ ފީފާގެ ސީނިއަރ ވައިސް ޕްރެސިޑެންޓުގެ އިތުރުން ޔޫއެފާގެ ވެސް ނައިބު ރައީސެވެ.

މި އެންމެންވެސް ހައްޔަރު ކޮށްފައިވަނީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިމާރާތް ތެރޭގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމުގައި އެގައުމުގެ ފުލުހުން ބުނެއެވެ.

ވިލާ އަކީ ވެތުވެދިޔަ 29 އަހަރުގައި ސްޕެއިންގެ އެފްއޭގެ ރައީސް ކަން ކުރައްވަމުން އަންނަ ފަރާތެވެ. އަދި އޭނާ ވަނީ މީގެ ދެ މަސް ކުރިން އަލުން އަށް ވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގެންފަ އެވެ.

އޮޕަރޭޝަން ސޯލްގެ ނަމުގައި ވިލާ އާއި އޭނާގެ ދަރިފުޅު ސްޕެއިންގެ ފުލުހުން ހައްޔަރު ކުރީ އާ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށް ވިލާ ސްޕެއިންގެ އެފްއޭގެ ފަންޑުގެ ތެރެއިން ހަރަދު ކޮށްފައިވާ ކަމަށް ތުހުމަތު ކޮށެވެ.

ގޯކާ ހައްޔަރު ކޮށްފައި ވަނީ އެކަމުގައި އޭނާގެ އެކައުންޓްތަކުން ފައިސާގެ މުއާމަލާތްތައް ހިންގާފައިވަ ކަމުގެ ތުހުމަތުގަ އެވެ.

ވިލާ ހައްޔަރު ކޮށްފައި މިވަނީ، އެފްއޭގެ އާންމު ކޮންގްރެސްއެއް ބައްވަން ދެ ދުވަސް ވެފައި ވަނިކޮށެވެ. އެ ކޮންގްރެސްގައި އަންނަ ސީޒަންގައި ސްޕެނިޝް ލީގް ޝެޑިއުލް އިއުލާން ކުރާ ގޮތަށް ވަނި ހަމަޖެހިފަ އެވެ.

އޭނަޖެލް ޑިމާރިއާ ވިލާއަކީ މީގެ ކުރިންމަސްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްވެސް މެއެވެ. އޭނާ ކުޅެފައިވަނީ އެތްލެޓިކޯ ބިލްބާއޯ އަށެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގައި ހަރކާތްތެރި ވުމަށްފަހު އޭނާ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް ހަރަކާތް ތެރިވެފައެވެ.

އެންހެލް މާރިއާ ވިލާ ވަނީ ޔޫއެފާގެ އެގްޒެކިއުޓިވް ކޮމިޓީގައި 25 އަހަރު މަސައްކަތް ކޮށްފައެވެ. އަދި މީގެ އިތުރުން ފީފާގެ ރޫލިން ކޮމިޓީގައި 19 އަހަރުވަންދެން އެންހެލް މާރިއާ ވިލާ ވަނީ މަސައްކަތް ކޮށްފައެވެ.

ނިމިގެން ދިޔަ އަހަރު ސަސްޕެންޑު ކުރެވުނު ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓިނީ ސަންޕެންޑު ކުރުމުގައިވެސް އެންހެލް މާރިއާ ވިލާ ވަނީ ޕްލެޓިނީއާ ދެކޮޅަށް މަސައްކަތް ކޮށްފައެވެ.

މިއަދު އޮންލައިން